01 Sep 2015, 13:45
ސޮނީ ސްޕޯޓްސް އިންޓަ ރިޒޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް 2015، ޖުމުލަ 15 ޓީމާއެކު މިއަދު ފަށާގޮތަށް ހަމަޖެހިއްޖެ އެވެ.
ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) އިން ބުނީ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޒޯން ބުރަކަށް ބަހާލައިގެން ކަމަށާއި ކޮންމެ ޒޯންއަކުންވެސް އެޒޯނަކުން ވާދަކުރާ ޓީމްތައް އެޒޯންގައި ކަނޑައަޅާ ރިޒޯޓްގައި ކުޅުމަށްފަހު ޗެމްޕިއަންކަން ހޯދާ ޓީމް ހޮވޭނީ ރިޒޯޓް ޗެމްޕިއަންސް ލީގަށްކަމަށެވެ.
ޒޯން ޗެމްޕިއަންޝިޕްގައި ހަތަރު ޒޯނުން ޗެމްޕިއަން ޓީމް ޗެމްޕިއަންސް ލީގްގައި ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.
ހޯމް އެންޑް އަވޭ އުސޫލުގައި ކުޅޭނީ މާލެއިން އުތުރުގެ ދެ ޒޯން ޗެމްޕިއަންގެ މެދުގަޔާއި ދެކުނުގެ ދެ ޒޯން ޗެމްޕިއަންގެ މެދުގައެވެ.
ރިޒޯޓް ޗެމްޕިއަންސް ލީގްގެ ޗެމްޕިއަންކަން ލިބޭނީ އެ ދެބުރުން އަންނަ ދެޓީމް މާލޭގައި ކުޅޭ ފައިނަލް މެޗުންނެވެ.