01 Sep 2015, 13:30
ދިވަޔަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް އުދަ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މިއަދުރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ދެކުނުގެ އަތޮޅު ތަކަށް ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ސަރަހައްދުތަކަށް އުދަ އެރުން އެކަށީގެންވާ ކަން ފާހަގަކޮށް މެޓުން ބުނީ ހުރިހާ ފަރާތްތަކުންވެސް އެކަމަށް ސަމާލުވެ ތިބުމަށެވެ.
ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށްވެސް މެޓުން ވަނީ ބުނެފަ އެވެ.
ވިލާގަނޑުގައި ގަނޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގނޑުގައި ގަދަވާނެ ކަމަށެެވެ.