01 Sep 2015, 12:54
ދިރާގުން އަލަށް ޕޯސްޕެއިޑް ކަނެކްޝަން ކިޓެއް ނަގާ ފަރާތްތަކަށް ހާއްސަކޮށްގެން އެ ކުންފުނިން ފަށާފައިވާ ޕްރޮމޯޝަންގެ ފުރަތަމަ ދެ ހަފްތާގެ ނަސީބުވެރިން ހޮވައިފި އެވެ.
އަލަށް ޕޯސްޕެއިޑް ކަނެކްޝަން ކިޓެއް ނަގާ ކޮންމެ ފަރާތަކަށް ބައިވެރި ވެވޭގޮތަށް ފެށި އެ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ސ. ހިތަދޫ، ކުދުހިތިގޭ ރާސިހް މުހައްމަދެވެ. އަދި ދެވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ގ. ބީޓްރޫޓް ޝަފީގު އަހުމަދެވެ.
ދިރާގުގެ މާކެޓިން ޕަބްލިކް ރިލޭޝަންސްގެ އެސިސްޓަންޓް މެނޭޖަރު އިބްރާހިމް އިމްޖާދު ޖަލީލު ވިދާޅުވީ، އަންނަ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ދިރާގުން ޕޯސްޓްޕެއިޑް ނަގާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރިފަރާތްތަކަށް އަގު ބޮޑެތި އިނާމްތަކެއް ލިބިގެންދާނެ ކަމަށެވެ.
ހަފްތާއަކު އެއް ފަހަރު ނަގާ ލަކީޑްރޯއިން ދޭ އިނާމްތަކުގެ ތެރޭގައި "ޕްލޭޓޭޝަން4" އަކާއި "އައިފޯން ސިކްސް" އަކާއި "ސެމްސަންގް55" އާއި "ސްމާޓް 3ޑީ ޓީވީ" ގެ އެއްގެ އިތުރުން "ޑްރޯން" އަކާއި "މެކްބުކް ޕްރޯ"، "ގޯޕްރޯ ހީރޯ 4 ބުލެކް"، "އައިޕެޑް އެއާ 2" އަކާއި "ސެމްސެމްސަންގް ގެލެކްސީ 6 އެޖް" ހިމެނެއެވެ.
އިމްޖާދު ވިދާޅުވީ، ދިރާގު ޕޯސްޕެއިޑަކަށް ބަދަލު ކުރަން ބޭނުންވާ ފަރާތްތަކުން މިހާރު ގެންގުޅޭ ދިރާގުގެ ޕްރީޕެއިޑް ނަންބަރު ބަދަލުކުރެވޭއިރު އެކަމަށް އިތުރު ފީއެއްވެސް ދައްކަން ނުޖެހޭނެ ކަމަށެވެ.