01 Sep 2015, 12:26
ރ. އަދި ނ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ރައީސް އެ ދެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މަޑުއްވަރި އާއި އިންނަމާދު އަދި ލަންދޫގެ އާ އިންޖީނުގެ މިއަދު ހުޅުއްވައިދެއްވާނެ އެވެ.
ރައީސްގެ އަރިހުގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދާއ އުނގޫފާރު ދާއިރާގެ މެމްބަރު ޖަޢުފަރު ދާއޫދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ޢަލީ މަޢުރޫފް ރައީސްގެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަަ އެވެ.