ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ކަމުގެ މަގާމަށް މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ހަމަޖައްސަވައިފި އެވެ.

ޔޫތު މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، މީރާ ހަމަޖައްސާފައި ވަނީ ޔޫތް މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ސެންޓާ ފޯ ދަ އާޓްސް (އެންސީއޭ) ގެ ކޯޑިނޭޓަރަކަށް ކަމަށެވެ.

"މާދަމާ އިން ފެށިގެން މީރާ އޮފީހަށް ނުކުންނަވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މީރާގެ އިތުރުން އެންސީއޭގެ ކޯޑިނޭޓަރުންގެ ގޮތުގައި އިތުރު ދެ ބޭފުޅަކު ވެސް ތިއްބަވައެވެ. އެއީ ލަވަކިޔުންތެރިޔާ އުމަރު ޒާހިރާއި ފިލްމީތަރި އަބްދުﷲ މުއާޒެވެ.

މީރާ ޕީޕީއެމަށް ސޮއިކޮށްފައި ވަނީ އައްޑޫ ސިޓީގައި ގާއިމް ކުރާ "އިސްމެހެލަ ހެރަ" ފަތުރުވެރިކަމުގެ ޕްރިޖެކްޓު އިފްތިތާހުކުރުމަށް ހޮޓެލް ޖެންގައި މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.