01 Sep 2015, 12:09
ބޭންކޮކް، ތައިލޭންޑް (އޯގަސްޓް 31) -- ބޭންކޮކްގެ އެރަވަން ޝަރިން އަށް ދިން ބޮމުގެ ހަމަލާއާ ގުޅޭ މައުލޫމާތު ދިން މީހަކަށް ދިނުމަށް ފުލުހުން ހުށަހެޅި 84،000 ޑޮލަރުގެ ފައިސާގެ އިނާމު ލިބޭ ފަރާތަކީ ވެސް ފުލުހުން ކަމަށް އެ ގައުމުގެ ފުލުސް ކޮމިޝަނަރު އިއުލާން ކުރައްވައިފި އެވެ.
ފުލުސް ކޮމިޝަނަރު ވިދާޅުވީ 20 މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ޒަހަމުވި ބޮމުގެ ހަމަލާދިން މީހުންނާ ބެހޭ ގޮތުން އާންމުންގެ ފަރާތުން އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށާއި އެ ހަމަލާދިން މީހުން ހޯދީ ފުލުސް އޮފިސަރުން އަމިއްލަ އަށް ކަމަށާއި އަދި އެ ފައިސާ ހައްގުވާ ފަރާތްތަކަކީ ވެސް ފުލުހުން ކަމަށެވެ.

ފުލުހުން ހައްޔަރު ކުރި 28 އަހަރުގެ މީހާ އާއި އޭނާގެ ގެއިން ފެނުނު ބޮން ހަދާ ސާމާނު --
ތައި ސަރުކާރުން ބުނި ގޮތުގައި ތައިލޭންޑްގެ ތާރީހުގައި ވެސް އެ ގައުމަށް ދިން އެފަދަ އެންމެ ނުރައްކާތެރި ހަމަލާއަކީ، 20 މީހުން މަރުވި، އޯގަސްޓް މަހު 17 ވަނަ ދުވަހު ދިން ހަމަލާ އެވެ.
އެ ހާދިސާއާ ގުޅިގެން އެކަކު ހައްޔަރުކޮށް ދެ މީހަކު ހައްޔަރު ކުރުމުގެ ވޮރަންޓް ވަނީ ނެރެފަ އެވެ.

ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ ތައި އަންހެނެއް --
ފުލުހުން ހައްޔަރު ކުރި މީހާއަކީ އެ މައްސަލައިގެ މުގުލުގައި ހުރި މީހާކަމެއް އަދި ނޭނގެ އެވެ. ފުލުހުން ބުނީ އެ މީހާއަކީ ސީސީޓީވީ ފުޓޭޖުން ފެނުނު މީހާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާ ދިރިއުޅުނު ގެއިން ވަނީ ބޮން ހެދުމަށް ބޭނުންކުރާ މެޓީރިއަލްތަކެއް ފެނިފައި ކަމަށެވެ.
ަތައި ފުލުސް ޗީފް ޕުމްޕޭންމުއާންގް ވިދާޅުވީ ބޮން ގޮއްވި ކަމަށް ޝައްކު ކުރެވޭ މީހާ ހައްޔަރު ކުރުމުގެ ހުރިހާ ހައްގެއްގެ ވެރިފަރާތަކީ ފުލުހުން ކަމަށާއި އަދި އެ މީހާ ހޯދީ ފުލުހުންގެ ތަހުގީގު ކުރުމުގެ ކުޅަދާނަ ކަމާއި ގާބިލުކަމުން ކަމަށެވެ.

ފުލުހުން ހޯދާ ބިދޭސީއެއް --
ފުލުހުން ވަނީ ތައިލޭންޑްގެ 26 އަހަރުގެ ވަންނާ ސުއަންސަން ކިޔާ އަންހެނަކާއި ނަން ހާމަ ނުކުރާ ބިދޭސީ ފިރިހެނަކު ހޯދުމަށް ވޮރަންޓް ނެރެފަ އެވެ. ވޮރަންޓް ނެރުނީ ދެ ވަނަ އެޕާޓްމަންޓަކުން ބޮން އުފެއްދުމަށް ބޭނުންވާ މެޓީރިއަލް ފެނުމުންނެވެ. މައުލޫމާތު؛ ބީބީސީ