ޤައުމީކުތުބުހާނާ އިން މިދިޔަ މަހު ހިނގި ލައިބްރޭރިއަނުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިމި، ބައިވެރިންނަށް ސެޓްވިކެޓް ދީފި އެވެ.

ގައުމީ ކުތުބުހާނާ އިން މިދިޔަ މަހު 13 އިން ފެށިގެން އެއް މަސް ދުވަހުގެ ނިޔަލަށް ހިންގި މި ޓްރޭނިންގ ޕްރޮގްރާމްގައި މާލެ އިން ފަސް މީހުންނާއި ރާއްޖެތެރެ އިން 11 މީހުންނާ އެކު ޖުމްލަ 16 މީހަކު ބައިވެރިވެފަ އެވެ.

ގައުމީ ކުތުބުހާނާ އިން ބުނީ މި ޓްރޭނިންގ ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ ރާއްޖޭގެ ހުރިހާ ލައިބްރަރީތައް ވެސް ތަރައްޤީކުރުން ކަމަށާއި ލައިބްރަރީތަކުގައި މަސައްކަތްކުރާ ލައިބްރަރޭރިއަނުން ތަމްރީނުކޮށް ލައިބްރަރީގެ ފަންނުގެ މުވައްޒަފުންތަކެއް ބިނާ ކުރުން ކަމަށެވެ. އެގޮތުން އެޓްރޭނިން ކުރިއަށް ގެންދިޔައީ ލައިބްރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެފުރުސަތު ހުޅުވާލައިގެން ކަމަށް ވެސް ޤައުމީ ކުތުބު ހާނާއިން ބުންޏެވެ.