ދިވެހި ރާއްޖެ އާއި އިކުއެޑޯ އާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފި އެވެ.

އިކުއެޑޯ އާ އެކު ރާއްޖެ ސިޔާސީ ގުޅުން ގާއިމު ކުރުމުން، ސިޔާސީ ގުޅުން ރާއްޖެ ގާއިމު ކުރި ގައުމުތަކުގެ އަދަދު 157 އަށް އެރީ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދެ ގައުމުގެ މެދުގައި ސިޔާސީ ގުޅުން ގާއިމު ކުރީ މިއަދު ދެ ގައުމުން އދ. އަށް ކަނޑައަޅާފައިވާ މަންދޫބުން ނިއުޔޯކްގައި ހުންނަ އިކުއެޑޯގެ ދާއިމީ މިޝަންގައި ލިޔެކިޔުން ބަދަލު ކުރުމާ އެކު ކަމަށެވެ. އިކުއެޑޯ އަކީ ކޮލަމްބިއާ އާއި ޕެރޫ ކައިރިގައި އޮންނަ ވަރަށް ކުޑަ ގައުމެކެވެ.