31 Aug 2015, 18:32
ކޮލުވެއްޓިއަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ. އެ އެކްސިޓެން ހިނގާފައި ވަނީ މާލޭގެ ހުޅަނގު ދެކުނު ފަރާތުގަ އެވެ.
ފެރީއެއްގެ ގޮތައް ހިޔާކޮށްފައިވާ ދޯންޏަކާއި ކޮޅުވެއްޓި ޖެހި އެކްސިޑެންޓުވެފައި ވަނީ މިއަދު 3:15 ކަންހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށެވެ. ނަމަވެސް ދޯންޏަށް ގެއްލުންތަކެއް ވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.