01 Sep 2015, 09:09
އެމްޓީވީގެ ވީޑިއޯ މިއުޒިކް އެވޯޑްސް (ވީއެމްއޭ)ގެ މިއަހަރުގެ އެންމެ މޮޅު ވީޑިއޯގެ އެވޯޑާއެކު އެންމެ ގިނަ އެވޯޑު ލިބުނު ފަރާތަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ހޮވިއްޖެ އެވެ.
ވީއެމްއޭ އެވޯޑްސްގައި ޓޭލާ ސްވިފްޓަށް މިއަހަރުގެ ވީޑިއޯ އޮފް ދަ އިޔާ ލިބިފައިވަނީ ކެންޑްރިކް ލަމާ އާއެކު ކޮލެބޮރޭޓް ކޮށްފައިވާ ލަވަ "ބޭޑް ބްލަޑް"ގެ ވީޑިއޯ އަށެވެ.
ވީޑިއޯ އޮފް ދަ އިޔާގެ އިތުރުން ސްވިފްޓް ވަނީ އެކި ކެޓަގަރީތަކުން ޖުމްލަ ތިން އެވޯޑެއް ހޯދައިފައެވެ. އެގޮތުން އަންހެން އާޓިސްޓެއްގެ އެންމެ މޮޅު ވީޑިއޯގެ އެވޯޑާއި އެންމެ މޮޅު ޕޮޕް ލަވައިގެ އެވޯޑް ސްވިފްޓްގެ "ބްލޭންކް ސްޕޭސް" އަށް ވަނީ ލިބިފައެވެ. އަދި އެންމެ މޮޅު ކޮލެބޮރޭޝަން އަކަށްވެސް ޓޭލާ ސްވިފްޓްގެ ބޭޑް ބްލަޑް ވަނީ ހޮވިފައެވެ.
މިއަހަރުގެ ވީއެމްއޭ އަށް ސްވިފްޓް ވަނީ އެކި ކެޓަގަރީ އިން ޖުމްލަ 10 އެވޯޑަކަށް ނޯމިނޭޓް ވެފައެވެ. ދެވަނަ އަށް އެންމެ ގިނަ އެވޯޑްތަކަށް ނޯމިނެޓް ވެފައިވަނީ ޕޮޕް ލަވަ ކިޔުންތެރިޔާ އެޑް ޝީރާން އެވެ. އޭނާގެ "ތިންކިން އައުޓް ލައުޑް" ވަނީ އެންމެ މޮޮޅު ވީޑިއޯއަށް ނޯމިނޭޓް ވެފައެވެ.
މިހާތަނަށް އެއް އެވޯޑެއްގައި އެންމެ ގިނަ ޓްރޮފީ ލިބުނު މީހެއްގެ ރެކޯޑު ހޯދާފައިވަނީ މެޑޯނާއެވެ. އޭނާގެ ކެރިއަރުގައި އެއް އެވޯޑު ހަފްލާގެ ތެރެއިން ވަނީ 20 އެވޯޑު ހޯދައިފައެވެ.
އިތުރު އެވޯޑުތަށް، ނޯމިނޭޝަން އާއެކު:
އަންހެން އާޓިސްޓުންގެ އެންމެ މޮޅު ވީޑިއޯތައް:
ނިކީ މިނާޖް – "އެނެކޮންޑާ"
ޓޭލާ ސްވިފްޓް – "ބްލޭންކް ސްޕޭސް"
- ސިއާ – "އިލާސްޓިކް ހާޓް"
- ބިޔޯންސޭ – "11/7"
- އެލީ ގޫލްޑިން – "ލަވް މީ ލައިކް ޔޫ ޑޫ"
އަރަމުން އަންނަ އާޓިސްޓުންތައް:
އެފްކޭއޭ ޓްވިގްސް – "ޓޫ ވީކްސް"
- ވާންސް ޖޯއި – "ރިޕްޓައިޑް"
- ޖޭމްސް ބޭ – "ހޯލްޑް ބެކް ދަ ރިވާ"
ފެޓީ ވެޕް – "ޓްރެޕް ކުއީން"
- ޖޯޖް އެޒްރާ – "ބޫޑަޕެސްޓް"
އެންމެ މޮޅު ޕޮޕް ވީޑިއޯ:
އެޑް ޝީރަން – "ތިންކިން އައުޑް ލައުޑް"
ޓޭލާ ސްވިފްޓް – "ބްލޭންކް ސްޕޭސް"
- މެރޫން ފައިވް – "ޝުގާ"
- ބިޔޯންސޭ – "11/7"
- މާކް ރޮންސޮން އާއި ބްރޫނޯ މާސް – "އަޕްޓައުން ފަންކް!"
އެންމެ މޮޅު ކޮލެބޮރޭޝަން:
ޓޭލާ ސްވިފްޓް އާއި ކެންޑްރިކް ލަމާ – "ބޭޑް ބްލަޑް"
- އާރިއާނާ ގްރާންޑޭ އާއި ނިކި މިނާޖް އަދި ޖެސީ ޖޭ – "ބޭންގް ބޭންގް"
- ވިޒް ޚަލީފާ އާއި ޗާލީ ޕުތު – "ސީ ޔޫ އެގެއިން"
- ބްރޫނޯ މާސް އާއި މާކް ރޮންސޮން – "އަޕްޓައުން ފަންކް!"
- އާރިއާނާ ގްރާންޑޭ އާއި ދަ ވީކެންޑް – "ލަވް މީ ހާޑާ"