31 Aug 2015, 12:34
ޖަރުމަންގެ ވޮލްފްސްބާގަށް ކުޅެމުން ދިޔަ ބެލްޖިއަމްގެ ގައުމީ ޓީމްގެ މިޑްފީލްޑާ ކެވިން ޑިބްރޯން ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މެންޗެސްޓާ ސިޓީއަށް ސޮއިކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޑިބްރޯން ވަނީ މިދިޔަ ހޮނިހިރު ދުވަހު މެންސިޓީގެ މެޑިކަލް ފުރިހަމަކޮށްފަ އެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވޮލްފްސްބާގުން ޑިބްރޯން މެންސިޓީއަށް ދޫކޮށްލަން އެއްބަސްވީ 53 މިލިއަން ޕައުންޑަށެވެ.
އުމުރުން 24 އަހަރުގެ ޑިބްރޯން ސީނިއާ ކެރިއާ ފެށީ 2008 ވަނަ އަހަރު ބެލްޖިއަމްގެ ޖިއަންކުންނެވެ.
އޭނާ ވަނީ 2012 ވަނަ އަހަރު ޗެލްސީއަށް ވެސް ކުޅެފަ އެވެ. ނަމަވެސް ސެލްސީ އިން ވަނީ ލޯން އެއްބަސްވުމުގެ ދަށުން އޭނާގެ ކުރީގެ ޓީމް ޖިއަންކަށާއި ވާޑާ ބްރޭމަންއަށް ދޫކޮށްފަ އެވެ.
އޭނާ ވޮލްފްސްބާގަށް ބަދަލުވީ 2014 ވަނަ އަހަރު 18 މިލިއަން ޕައުންޑަށެވެ.
އޭނާ ވަނީ މިދިޔަ ސީޒަންގައި ވޮލްފްސްބާގަށް ކުޅުނު 51 މެޗްގައި 16 ލަނޑު ޖަހައި 28 ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ޑިބްރޯން މެންސިޓީއާ ގުޅެން ހަމަޖެހިފައިވާ އިރު އެކަމާ ގުޅޭ ގޮތުން އެޓީމްގެ ކޯޗް މެނައުލް ޕްލެގްރީނީ ބުނީ "ޑިބްރޯންއަކީ މެންސިޓީއަށް ބެޑެތި ކާމިޔާބު ހޯދައިދޭނެ ކުޅުން ތެރިޔަކަށް ވާނާކަމާމެދު ސުވާލެއް ނުފެދޭ" ކަމަށެވެ.