31 Aug 2015, 11:35
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ރިޒޯޓްތަކަށް ހުޅުވަލައިގެން ބާއްވާ ކްރިކެޓް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިމުބާރާތުގައި ބައިވެރިވުމަށް ކުރިމަތި ލުމުގެ އެންމެ ފަހު ދުވަހަކީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.
ކްރިކެޓް ބޯޑުން ބުނީ މުބަރާތުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ރަޖިސްޓްރީވާ އަށް ޓީމް އެކަނި ކަމަށެވެ.
މުބާރާތުގައި ބައިވެރިވުމަށް ކްރިކެޓް ބޯޑް އޮފް މޯލްޑްވިސްގެ މެއިލް އެޑްރެސް[email protected]އަށް މެއިލް ކުރުމުން ނުވަތަ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ވެބްސަިއިޓްގައިވާ ފޯމް ފުރުމަށްފަހު އެ ބޯޑްގެ އޮފީހަށް ފޮނުވުމުން މުބާރާތުގައި ބައިވެރިވެވޭނެކަމަށް ކްރިކެޓް ބޯޑުން ބުންޏެވެ.
އަންނަ މަހު 15 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބަރާތަކީ އެއް ދުވަހުގެ ޓޭޕްބޯލް ކްރިކެޓު މުބާރާތެކެވެ.

ރިޒޯޓް ކްރިކެޓް މުބަރާތުގެ އިޝްތިހާރު --- ފޮޓޯ/ ކްރިކެޓް ބޯޑް
އަންނަ މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 8:00 ގައި ފެށުމަށް ހަމަޖެހިފައިވާ މުބާރތް އެދުވަހުގެ ހަވީރު 6:00 ހަމަޔަށް ކުރިއަށް ގެންދާއިރު މުބާރާތް ކުރިއަށް ގެންދަނީ ދެ ގުރޫޕަކަށް ބަހަލާއިގެންނެވެ.
ކޮންމެ ގުރޫޕެއްގައި ހިމެނޭ ހަތަރު ޓީމްގެ މެދުގައި މެޗްތައް ކުޅެ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމް ފައިނަލަށްދާނެއެވެ.
މިމުބާރާތް މީހާތަނަށް ހަތް ފަހަރު ބާއްވާފައިވާއިރު މުބާރަތުގެ އެންމެ ކާމިޔާބު ޓީމަކީ މީރު އައިލެންޑް ރިޒޯޓްގެ ޓީމެވެ. އެޓީމުން ވަނީ ހަތަރު ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ.