31 Aug 2015, 10:08
އިންސާނާގެ އުމުރުން ދުވަސްވާ ވަރަކަށް ކަށިތައް ފީވެ ގައިގެ ބާރު ދައްވުމަކީ ކޮންމެ އިންސާނަކަށް ވެސް ދިމާވާ ކަމެކެވެ. ނަމަވެސް ކަށީގެ ސިއްހަތު ވަރުގަދަކޮށް ގައިބާރު ދޫވާ ދުވަހު ވެސް ކަށިތަކަކީ ވަރުގަދަ އެއްޗަކަށް ހެދުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. މި ލިޔުމުގައި މި ގެނެސްދެނީ ކަށިތައް ވަރުގަދަކުރުމުގައި ކެއުމަށް ބޭނުންކުރެވިދާނެ ބާވަތްތަކެކެވެ.
މިނަރަލްސް
ދުޅަހެޔޮ ސިއްހަތެއްގައި ހުރެ ވަރުގަދަ ކަށިތަކެއް ގައިގައި ބަހައްޓަން ބޭނުން ނަމަ އެންމެ މުހިންމީ މިނަރަލް އެވެ. މިނަރަލް އެންމެ ރަނގަޅަށް ލިއްބައިދޭ އެއް ބާވަތަކީ ފެހިފަތް ހުންނަ ތަރުކާރީގެ ބާވަތްތަކެވެ. ނުވަތަ "ގްރީން ލީފީ ވެގިޓަބަލްސް" އެވެ. މިނަރަލް އާއި ކެލްސިއަމްގެ އިތުރުން މެގްނީސިއަމް އާއި ފޮސްފޮރަސް އަދި ޕޮޓޭސިއަމް އާއި އަޔޮން އެއިން ލިއްބައިދޭނެ އެވެ. އެއީ ވަރުގަދަ ކަށިތަކެއް އުފެދުމުގެ އަސްލެވެ. އޭގެ އިތުރުން ފެހިކަން ގަދަ ފަތުގެ ބާވަތްތައް، މިސާލަކަށް: ފެހިކަން ގަދަ ކެބެޖް، ކޮޕީ ފަތް، ފެހި މައްސާގު ފަތް، ކަންކުން ހިމެނެ އެވެ.
ޕްރޮޓީން ގިނަ ބާވަތްތައް:
ހަމައެކަނި "ރޮކް ސޮލިޑް" ކަށިތަކެއް އުފެދުމުން ނިމުނީއެއް ނޫނެވެ. ކަށިތަކުގައި ރިއްސުމާއި އެފަދަ އެހެން ކަންކަން ދިމާވުމަކީ ޖެހޭ ވަރުގަދަ ހުމެއް ނުވަތަ ރޯގާއެއްގެ ސަބަބުން ދިމާވާ ކަންކަމެވެ. "ޕްރޮޓީން ރިޗް ފުޑްސް" އަކީ އެކަމުގެ ހައްލެވެ. ސްކެލެޓަލް ސިސްޓަމް ވަރުގަދަކޮށް ބެހެއްޓުމަށް ޕޮރޮޓީން އަކީ މުހިންމު އެއްޗެކެވެ. މިސާލަކަށް ކުކުޅުމަސް، ކަނޑުމަސް، ޗީޒް، ބިސް، ކިއު، ރޯކިރު، ގެރިމަސް، ބީންސް އަދި ބަދަމާއި ތަރުކާރޫ އޮށަކީ ޕްރޮޓީން ލިއްބައިދޭ ބާވަތްތަކެވެ.
ކެއުމުގެ ތެރެއިން ނުވަތަ ކެއުމުގެ ކުރިން ކޮންމެވެސް ކަހަލަ ސޯސްގަނޑަކާ އެއްކޮށްފައި ހުރި ސޫޕެއް ކަހަލަ އެއްޗެއް ބޯލުމަކީ އާންމުކަމެކެވެ. އެއީ ކަށިތަކަށް ރަނގަޅު ފަރުވާއެކެވެ. ނަމަވެސް އެ ސޫޕަށް ވެސް މަތީގައި ބަޔާންކޮށްފައިވާ ތަރުކާރީ ކޮޅެއް އެއްކޮށްލައިފި ނަމަ އެއިން ކަށިތަކަށް ލިއްބައިދޭ ފައިދާ ޑަބަލް ކޮށްދޭނެ އެވެ.
ކާބޯ ހައިޑްރޭޓް:
ޑައިޓެއްގައި ކާބޯ ހައިޑްރޭޓް ހިމެނޭ ބާވަތްތައް ބޭނުންކުރުމަކީ އެ ޑައިޓެއްގެ ސަބަބުން ކަށިތަކަށް ގެއްލުމެއް ނުވެ ސަލާމަތް ވެވިދާނެ ބާވަތެކެވެ. އެއީ ހަށިގަނޑަށް ލިއްބައިދޭ ޕްރޮޓީން ތަކަކީ ހަށިގަނޑުގެ ހަކަތައަށް ބޭނުންކުރާ އެއްޗަކަށް ހެދހިޔަ ނުދިނުމަށެވެ. ކާބޯ ހައިޑްރޭޓް ލިއްބައިދޭ ނަމަ ކުރިން ބުނި ބާވަތްތަކުން ލިބޭ ޕްރޮޓީން ބޭނުންކުރާނީ ގައިގެ މަސްތަކާއި ކަށިތަކުގެ ސިއްހަތު ރަނގަޅު ކުރުމަށެވެ. ކާބޯހައިޑްރޭޓް އެންމެ ފުރިހަމައަށް ލިއްބައިދޭ ބާވަތްތަކުގެ ތެރޭގައި ބްރައުން ރައިސް، ވިލްޑް ރައިސް، އޯޓްސް، ކޯންމީލް އަދި "ހޯލް ގްރެއިން" އިން ތައްޔާރުކޮށްފައިވާ ބާވަތްތައް ހިމެނެ އެވެ.
ކެވިދާނެ ކަށިތައް
ބައެއް ދިރޭ އެއްޗެހީގައި ހުންނަ ކައްޓަކީ އެއިން އިންސާނުންނަށް ގިނަގުނަ ފައިދާތައް ލިއްބައިދޭ ތަކެއްޗެވެ. އެތައްބައިވަރު މިނަރަލް އެއިން ލިއްބައިދޭނެ އެވެ. އެހެންކަމުން ބޭކާރުކޮށްނުލައި، ކުކުޅު ފައިގެ މަޑުކަށި، އޮސްޓްރިޗްގެ ކަރުކަށި، މުސަޅުގެ މަޑުކަށިތައް، އަދި އަސްދޫނީގެ ފިޔަގަނޑުގައި ހުންނަ ކައްޓާއި ކަނޑުމަހުގެ ކަށިތަކަކީ ކެވިދާނެ އެއްޗިއްސެވެ.
ފެޓްސް
ފެޓްސް މި މާނަކުރަނީ އިންސާނާ ފަލަކޮށްދޭ ފެޓްސްގެ ބާވަތްތަކަކަށް ނޫނެވެ. މަހުގެ ތެލުގެ ތެރޭގައި ހިމެނޭ "އީޕީއޭ ފިޝް އޮއިލް" އަދި "ޑީއެޗްއޭ ފިޝް އޮއިލް" އަކީ ކެއުމުގައި ބޭނުންކުރެވިދާނެ އެއްޗިއްސެވެ. ކަށީގެ ވަރުގަދަކަން އިތުރުކޮށްދޭ ފެޓްސް އަކީ ހެލިބަޓް، ހެރިންގް، މެކެރަލް، ސަލްމަން އަދި ސާޑައިންސް ފަދަ ބާވަތްތަކެވެ. މަސްދަރު: ހެލްތުޑައިޖެސްޓް