31 Aug 2015, 09:41
މިސްރުގެ ރައްޔިތުން ބޭނުންވާ ޑިމޮކްރެސީ ގެނައުމުގެ ފަހު ފިޔަވަޅެއްގެ ގޮތުން ތިން އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޕާލަމެންޓް އިލެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންްސް ކޮމިޝަނުން ބުނެފައި ވަނީ ޕާލަމެންޓްގެ އިލެކްޝަން ދެ މަރުހަލާއަށް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ފުރުގެ ވޯޓުލުން ކުރިއަށް ދާނީ އޮކްޓޯބަރު މަހުގެ 17 އާއި 18 ގައި ކަމަށެވެ. އަދި ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ 22 އާއި 23 ގައެވެ.
މިސްރުގައި 2012 އަށް ފަހު ޕާލަމެންޓަކާ ނުލާ ކަންތައްތައް ބަލަމުންދާއިރު ޕާލަމެންޓް ވަނީ މުސްލިމް "ބްރަދަހުޑް" އަކަށް ބަދަލު ކޮށްފަ އެވެ.
ގިނަ ދުވަސް ވަންދެން ރައްޔިތުން ބޭނުން ވެފައިވާ ޕާލަމެންޓް އިލެކްޝަން ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި އޮތީ މިއަހަރުގެ މާޗު މަހުގަ އެވެ. ނަމަވެސް ކޯޓުން އިލެކްޝަންގެ ބައެއް "ކޮންސްޓިޓިއުޝަނަލް" ނޫން ކަމަށް ބުނުމުން ވޯޓުލުން ވަނީ ލަސްވެފަ އެވެ.
އޭރުގެ މިލިޓަރީ ޗީފް އަބްދުލް ފައްތާހު އަލްސީސީ ވަނީ 2013 ވަނަ އަހަރު ގައުމުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ވެރިކަމަށް އަރާފަ އެވެ. އެމަނިކުފާނު ވެރިކަމަށް އެރުއްވީ އެގައުމުގެ ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް ހަމަތަކުން ބޭއްވި ވެރިކަމަށް އެރި ފަރާތް، މުހައްމަދު މުރުސީ ބޭލުމަށް ފަހު އެވެ.
އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިލެކްޝަނަކީ މިސްރުގައި ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ކުރާ މަސައްކަތްތުގެ ހެއްކެއް ކަމަށް އެގަމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.