ބ. އަތޮޅު ފެހެންދޫ ކައުންސިލްގެ ދެ މެންބަރަކު އެމްޑީއޭ އާ ގުޅިވަޑައިގެންފި އެވެ. އެ ދެމެންބަރުން އެމްޑީއޭ އަށް ސޮއިކުރެއްވީ އެމްޑީއޭއަށް މެންބަރުން އިތުރުކުރުމަށް މިހާރު ކުރިޔަށް ގެންދާ ޚާއްސަ ހަރަކާތުގެ ތެރެއިން އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އޮފީހުގައި ދާދި ފަހުން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ފެހެންދޫ ކައުންސިލުން އެމްޑީއޭއާ ގުޅިވަޑައިގެންނެވި ކައުންސިލަރުންނަކީ، އެ ކައުންސިލްގެ މެންބަރު މުހައްމަދު އިބްރާހީމް އާއި ކައުންސިލް މެންބަރު އާދަމް ނަސީމް އެވެ. އެދެބޭފުޅުން ވެސް އެމްޑީއޭ އަށް ގުޅިވަޑައިގެންނެވުމުގެ ކުރީން ތިއްބެވީ ޖުމުހޫރީ ޕާޓީގަ އެވެ.

އެ ކައުންސިލަރުން އެމްޑީއޭ އަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޑީއޭ އަށް މެންބަރުން އިތުރުކުރުމަށް ޓަކައި މިހާރު ކުރިޔަށް ގެންދާ ޚާއްސަ ހަރަކާތުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ އެޕާޓީއާ ގުޅެމުންނެވެ.