30 Aug 2015, 12:07
ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ޓަކައި ފެށި "ޓޭސްޓް އޮފް އިންޑިއާ" ފެސްޓިވަލްގެ "ސުޕައިސް ރޫޓް ޗެލެންޖް"ގެ ފައިނަލަށް ހަތަރު ބައިވެރިއަކު ހިނގައްޖެ އެވެ.
ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސުޓަޑީޒް (އެފްއެޗްޓީއެސް)ގައި އިއްޔެ ކުރިއަށް ގެންދިޔަ ސެމީ ފައިނަލުން މޮޅު ހަތަރު ފަރާތެއް ހޮވާފައި ވަނީ 10 ފަރާތުންގެ ތެރެއިންނެވެ.
އެގޮތުން އަންނަ މަހުގެ 13 ވަނަ ދުވަހު އޮންނަ ފައިނަލްގައި ވާދަ ކުރާނީ މުހައްމަދު އަޝްރާގާއި އައިމިނަތު މައިޝާ އާއި އައިމިނަތު އަބްދުލް ރަޝީދު އަދު އައިޝަތު ޝިފާ އެވެ.

ސުޕައިސް ރޫޓް ޗެލެންޖްގެ އިއްޔެ ކުރިއަށް ދިޔަ ސެމީ ފައިނަލްގެ ތެރެއިން--- ފޮޓޯ: އިންޑިއަން ހައިކޮމިޝަން
"ކުކް އޮފް" އެއްގެ ގޮތަށް ކުރިއަށް ގެންދިޔަ އެ ސެމީ ފައިނަލްގައި ކޮންމެ ފަރާތަކުން ދެވިފައިވާ ވަގުތުކޮޅުގެ ތެރޭގައި ވަކި ކާއެއްޗެއް ތައްޔާރު ކުރުމަށް ވަނީ ބުނެފަ އެވެ. އެގޮތުން ހަވާލު ކުރެވިފައިވާ އެއްޗެއް އެ ދެވިފައިވާ ވަގުތުގެ ތެރޭގައި ތައްޔާރު ކޮށްގެން އޭގެން އެންމެ މޮޅު އުފެއްދުންތައް ހޮވާނީ އެވެ.
އިންޑިއަން ހައިކޮމިޝަން އާއި އެފްއެޗްޓީއެސް އަދި ހޮޓެލް ޖެން އިން އިންތިޒާމްކޮށްގެން ކުރިއަށްދާ އެ ފެސްޓިވަލްގެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ އެކި ރައުންޑްތަކަކަށެވެ. އެގޮތުން ފުރަތަމަ ރައުންޑަށް 40 ފަރާތެއް ވަނީ ހޮވާފަ އެވެ.
ޓޭސްޓް އޮފް އިންޑިއާ ފެސްިވަލްގައި ސުޕައިސް ރޫޓް ޗެލެންޖްގެ އިތުރުން ވެސް ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން "ބޮލީފުޑް ފެސްޓިވަލް" އާއި "ކިޗަން ކިލާޅީ" ހިމެނެ އެވެ.