15 Mar 2011, 12:54
ފުވައްމުލަކު ދަޑިމަގު ކައުންސިލް، ރަށު ކައުންސިލްތަކުގެ އިދާރާގެ ދަށުން ވަކިކޮށް ދަޑިމަގު އަވަށުގައި ރަށު ކައުންސިލްގެ އިދާރާއެއް ގާއިމް ކުރުން ލާޒިމުކޮށް، އަތޮޅު ކައުންސިލްގެ މައްޗަށް ގަރާރެއް ފާސްކޮށްފި އެވެ.
ފުވައްމުލަކު މާދަޑު އަވަށުގައި ގާއިމްކޮށްފައިވާ ރަށު ކައުންސިލްގެ އިދާރާގެ ދަށުން ދަޑިމަގު ކައުންސިލް ވަކިކޮށް، ވަކި އިދާރާއެއްގެ ގޮތުގައި ދަޑިމަގުގައި އޮފީހެއް ގާއިމް ކުރުމަށް ނިންމާފައި ވަނީ ދަޑިމަގު ކައުންސިލްގެ މެޖޯރިޓީ އޮތް ޑީއާރުޕީގެ ތިން މެންބަރުންގެ ރަށު ކައުންސިލުންނެވެ.
ދަޑިމަގުގައި ރަށު ކައުންސިލް އިދާރާއެއް ގާއިމް ކުރުމަށް ފުވައްމުލަކު އަތޮޅު ކައުންސިލަށް ލާޒިމްކޮށް ދަޑިމަގު ކައުންސިލުން ފާސްކުރި ގަރާރުގައި ބުނެފައި ވަނީ ރަށު ކައުންސިލް އިދާރާއެއް ދަޑިމަގުގައި ގާއިމް ނުކުރެވިއްޖެ ނަމަ 30 ދުވަހުގެ ތެރޭގައި ދަޑިމަގު އަވަށުގައި ކައުންސިލް އިދާރާއެއް ގާއިމުކުރުމަށް ޓަކައި ކުރަން ޖެހޭ ޤާނޫނީ އަދި ޝަރުޢީގޮތުން މަސައްކަތް ކުރާނެ ކަމަށެވެ.
"ފުވައްމުލަކު އަތޮޅު ކައުންސިލްގައި ދަންނަވާތާ 30 ދުވަހުގެ ތެރޭގައި ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ އިދާރާ ފުވައްމުލަކު ދަޑިމަގު އަވަށުގައި ގާއިމު ނުކުރެވިއްޖެ ނަމަ ގާނޫނުގައި ވާފަދައިން ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ އިދާރާ ފުވައްމުލަކު ދަޑިމަގު އަވަށުގައި ގާއިމުކުރުމަށް ޤާނޫނީ އަދި ޝަރުޢީ ގޮތުން މަސައްކަތް ކުރުމަށް ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ ތިން މެންބަރުން އިއްތިފާގުން ކަނޑައަޅައި މިޤަރާރު އާންމުކުރަމެވެ." މި ދިޔަ އާދީއްތަ ދުވަހު ނިންމި ގަރާރުގައިވެ އެވެ.
ދަޑިމަގު ކައުންސިލުން ގަރާރެއް ފާސްކުރި ސަބަބު ބަޔާންކޮށް އެ ކައުންސިލްގެ ރައީސް އަހުމަދު ނަޖާހު އިބްރާހިމް މިއަދު ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގަން ފެށުމާ އެކު ފުވައްމުލަކުގެ އަވަށްތަކަކީ ރަށްތަކެއްގެ ގޮތުގައި ހަމަޖެހުމާ އެކު ރަށު ކައުންސިލްތަކުގެ އިދާރާތައް އަވަށްތަކުގައި ގާއިމް ކުރަން ޖެހޭނެ ކަމަށެވެ. އަދި ފުވައްމުލަކުގެ އަށް އަވަށުގެ 24 ކައުންސިލަރުން އެއް އިދާރާއެއްގެ ތެރޭގައި މަދު މުވައްޒަފުންނާ އެކު ތޮއްޖެހި ތިބެގެން މަސައްކަތް ކުރަން ޖެހުމުން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލާންޖެހިފައިވާ ކަމަށް ވެސް ނަޖާހު ވިދާޅުވި އެވެ. އަދި އެ ސަބަބުތަކަށް ޓަކައި ރަށު ކައުންސިލްގެ އިދާރާއެއް ދަޑިމަގުގައި ގާއިމް ކުރުމަށް ގަރާރެއް ފާސްކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގާނޫނީ ޒިންމާއެއް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުން. މިހާރު ވެސް ރަށު ކައުންސިލް އިދާރާ އަށް ދާންޖެހޭނީ ދެ އަވަށް ކަޑައްތުކޮށްފައި. ރައްޔިތުން ޝަކުވާތައް ހިފައިގެން އޮފީހަށް ދާއިރު 24 ކައުންސިލަރުން މިތިބެނީ ތިން ކޮޓަރީގައި ފިތި ބާރުވެގެން." ނަޖާހު ވިދާޅުވި އެވެ.
ދަޑިމަގުގައި ރަށު ކައުންސިލް އިދާރާއެއް ގާއިމް ކުރުމަށް ފުވައްމުލަކު އަތޮޅު ކައުންސިލަށް ލާޒިމްކޮށް ދަޑިމަގު ކައުންސިލުން ފާސްކުރި ގަރާރުގައި ބުނެފައި ވަނީ ރަށު ކައުންސިލް އިދާރާއެއް ދަޑިމަގުގައި ގާއިމް ނުކުރެވިއްޖެ ނަމަ 30 ދުވަހުގެ ތެރޭގައި ދަޑިމަގު އަވަށުގައި ކައުންސިލް އިދާރާއެއް ގާއިމުކުރުމަށް ޓަކައި ކުރަން ޖެހޭ ޤާނޫނީ އަދި ޝަރުޢީގޮތުން މަސައްކަތް ކުރާނެ ކަމަށެވެ.
"ފުވައްމުލަކު އަތޮޅު ކައުންސިލްގައި ދަންނަވާތާ 30 ދުވަހުގެ ތެރޭގައި ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ އިދާރާ ފުވައްމުލަކު ދަޑިމަގު އަވަށުގައި ގާއިމު ނުކުރެވިއްޖެ ނަމަ ގާނޫނުގައި ވާފަދައިން ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ އިދާރާ ފުވައްމުލަކު ދަޑިމަގު އަވަށުގައި ގާއިމުކުރުމަށް ޤާނޫނީ އަދި ޝަރުޢީ ގޮތުން މަސައްކަތް ކުރުމަށް ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ ތިން މެންބަރުން އިއްތިފާގުން ކަނޑައަޅައި މިޤަރާރު އާންމުކުރަމެވެ." އެ ގަރާރުގައިވެ އެވެ.
އަށް އަވަށެއްގެ މައްޗަށް އެއް ފަސްގަނޑަކަށް އެކުލެވިގެންވާ 12000 މީހުނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ފުވައްމުލަކުގެ ދަޑިމަގު އަވަށުގައި ރަށު ކައުންސިލްގެ އިދާރާއެއް ގާއިމް ކުރުމަށް ނިންމާފައިވާ އިރު، އެ ރަށުގެ އެހެން އަވަށެއްގެ ކައުންސިލުން އެފަދަ ނިންމުމެއް ނިންމާފައެއް ނުވެ އެވެ.
ނަމަވެސް ފުވައްމުލަކު އަތޮޅު ކައުންސިލުން ބުނީ ބައެއް އަވަށްތަކުގެ ކައުންސިލަރުންގެ ވިސްނުން އެގޮތަށް ގެންގުޅޭ ކަމަށާއި އެކަމާ މެދު އަތޮޅު ކައުންސިލުން ވިސްނާ ކަމަށެވެ.