މަސް ދުވަހުގެ ތެރޭގައި ދެ ވަނަ ފަހަރަށް ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށް، ޕެޓްރޯލް ލީޓަރަކުން 87 ލާރި އަދި ޑީސަލް ލީޓަރަކުން 96 ލާރި މިއަދުން ފެށިގެން އެސްޓީއޯ އިން ބޮޑުކޮށްފި އެވެ.

ސަރުކާރާއި ރައްޔިތުން ބައިވެރިވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 12.67ރ. އަށް ކަމަށާއި ޑީސަލް ލީޓަރެއް ވިއްކާނީ 12.61 ރ. އަށް ކަމަށެވެ. އަދި މިބަދަލު ގެންނަން ޖެހުނީ އެންމެ ފަހުން އެކުންފުންޏަށް ލިބިފައިވާ ޑީސަލާއި ޕެޓްރޯލް ޝިޕްމަންޓްގެ އަގަށް އައިސްފައިވާ ބަދަލާ ގުޅިގެން ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ޑީސަލާއި ޕެޓްރޯލްގެ އަގު އެސްޓީއޯ އިން މި ބޮޑު ކުރީ އެ ދެ ބާވަތުގެ އަގު އެންމެ ފަހުން ބޮޑުކުރިތާ މަސް ދުވަސް ވެސް ނުވަނީހެވެ. އެންމެ ފަހުން އިރު އެސްޓީއޯ އިން ފެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކުރީ މިދިޔަ މަހު 22 ގަ އެވެ. އެ ފަހަރު ޕެޓްރޯލް ލީޓަރެއްގެ އަގު ބޮޑު ކުރީ 11.80ރ. އަށެވެ. އަދި ޑީސަލް ލީޑަރެއް ބޮޑު ކުރީ 11.65ރ. އަށެވެ.