ސިރީނަގަރު، އިންޑިއާ ( އޯގަސްޓް28)-- ނުވަ އާންމުންގެ މީހަކު މަރުވި، އަދި އެތައް ބަޔަކު ޒަހަމުވި، އިންޑިއާ ޕާކިސްތާނުގެ ބޯޑަރުގައި މިއަދު ހަމަލާތައް ފެށި ކަމަށް އެއްބަޔަކު ކުށްވެރިކުރަނީ އަނެއް ބައެކެވެ.

ވަރުގަދަ ހަތިޔާރު ޖަމާކޮށްފައިވާ ބޯޑާލައިންގައި މި ފަހަކަށް އައިސް ހަމަލާތައް ބަދަލުކުރި މިއީ ފުރަތަމަ ފަހަރެވެ.

ޕާކިސްތާނުގެ މިލިޓަރީ އިން ބުނީ އެ ގައުމުގެ ހަ މީހަކު މިއަދު މަރުވެ، 46 މީހަކު ޒަހަމުވި ކަމަށެވެ. އިންޑިއާ އިން ބުނީ އެ ގައުމުގެ ތިން މީހަކު މަރުވެ، އަށް މީހަކު ޒަހަމުވި ކަމަށެވެ.

ދެ ގައުމުން ވެސް ތުހުމަތު ކުރަނީ ހަމަލާތައް ފުރަތަމަ ބަދަލު ކުރީ އަނެއް ގައުމު ކަމަށެވެ. ޕާކިސްތާނުން ބުނީ، ޕަންޖާޕު ޕްރޮވިންސުގެ ސިލިކޮޓް ސިޓީގެ ވިލެޖު ސަރަހައްދަށް އިންޑިއާގެ ހަމަލާތައް އަރާފައިވާ ކަމަށެވެ. އިންޑިއާ އިން ބުނީ އެ ގައުމުގެ ޖަމޫ އެން އެންޑް ކަޝްމީރަށް ޕާކިސްތާނުގެ ހަމަލާތައް އަރާފައިވާ ކަމަށެވެ.

އެއްވެސް ގައުމަކުން އެ ގައުމުގެ ސިފައިންގެ މީހަކަށް އަނިޔާވެ ނޫނީ މަރުވެ، ނޫނީ ޒަހަމުވި ކަމަކަށް ނުބުނެ އެވެ.

އިނގިރޭސި އިސްތިއުމާރީވެރިކަން 1947 ވަނަ އަހަރު ނިމި، ދެ ގައުމު މިނިވަންވުމަށް ފަހު، އިންޑިއާ އާއި ޕާކިސްތާނުން ތިން ހަނގުރާމައެއްކޮށްފައިވެ އެވެ. އޭގެ ތެރެއިން ދެ ހަނގުރާމައެއް ހިނގާފައި ވަނީ އަރާރުން އުފެދިފައިވާ، ހިމާލިއަން ރީޖަންގެ ކަޝްމީރު މައްސަލައާ ގުޅިގެންނެވެ.

ނިއުކުލިއާ ހަތިޔާރު ހުރި ދެ ގައުމުގެ ދެމެދުގައި ބައިލެޓްރަލް އެގްރީމެންޓަކަށް އައިސް 2003 ވަނަ އަހަރުން ފެށިގެން ވަނީ ހަމަލާތައް ދިނުން ހުއްޓާލައިފަ އެވެ. ނަމަވެސް ވޭތުވެ ދިޔަ އަހަރުތަކުގައި ދެ ފަރާތުން ވެސް އެއްބަސްވުމާ ވަނީ ހިލާފުވެފަ އެވެ.

ވަކިވެގަތުމަށް މަސައްކަތް ކުރާ މީހުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހަމަނުޖެހުން ހިނގާ މައިގަނޑު ސަރަހައްދަކީ އިންޑިއާ އިން ކޮންޓްރޯލު ކުރާ ކަޝްމީރު ސަރަހައްދުގަ އެވެ. އަދި 1989 ވަނަ އަހަރު ފަހުން މިހާތަނަށް ވަނީ 43،000 މީހެއްގެ ފުރާނަ ގޮސްފަ އެވެ.

ކަޝްމީރުގެ ސަލާމަތީ ކަންކަމާ ބެހޭ ގޮތުން ދެ ގައުމުން ބާއްވަން އުޅުނު ބައްދަލުވުން މިދިޔަ ހަފުތާގައި ވަނީ ކެންސަލްކޮށްފަ އެވެ. އެ ބައްދަލުވުން ކެންސަލް ކުރީ ޕާކިސްތާނުގެ ނޭޝަނަލް ސެކިއުރިޓީ އެޑުވައިޒަރު އާދިއްތަ ދުވަހު އިންޑިއާ އަށް ވަޑައިގަތުމަށް ފަހު ޝެޑިއުލް ވެސް ކޮށްފައި ވަނިކޮށެވެ.

ޕާކިސްތާނުން ބުދަ ދުވަހު ބުނީ ދެ ފަރާތުގެ ބޯޑަރު ސިކިއުރިޓީ ޗީފުން ދެން ބައްދަލުކުރާނީ އަންނަ މަހު ދިއްލީގައި ކަމަށެވެ. - މައުލޫމާތު : ސީއެންއެން