މިއަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ތެރެއިން ފުރަތަމަ 300 މީހުން ގޮވައިގެން މެގަ މޯލްޑިވްސް އެއާލައިންސްގެ ހާއްސަ ޗާޓަރު ފްލައިޓެއް މާދަމާ ޖިއްދާއަށް ފުރާނެއެވެ.

މިއަރު ރާއްޖެއިން ހައްޖަށް ދާ 1766 މީހަކު މެގަ މޯލްޑިވްސްއިން ދަތުރުކުރާން ހަމަޖެހިފައިވާއިރު، އެ އެއާލައިނުން ވަނީ، އެކަމަށް ހާއްސަކޮށްގެން 6 ފްލައިޓެއް ޗާޓަރުކޮށްފައެވެ. އޯގަސްޓް 28 އިން ސެޕްޓެމްބަރު 1 އާ ދެމެދު އެ ފްލައިޓުތައް ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ، އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާގެ ޖިއްދާގެ ކިންގު އަބްދުލްއަޒީޒު އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

މެގަ މޯލްޑިވްސް އިން ބުނީ މާދަމާ މެންދު ފުރުމަށް ހަމަޖެހިފައި ވަނީ ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިފަހަރު ހައްޖުގެ އަޅުކަންކުރަންދާ 1300 މީހުންގެ ތެރެއިން 300 މީހުން ކަމަށެވެ.

މެގަމޯލްޑިވްސްގެ ފްލައިޓުތަކުން މިފަހަރު ސައުދީއަށް ދާން ހަމަޖެހިފައިވާ މީހުންގެ ތެރޭގައި މިނާ ހައްޖު ގްރޫޕްގެ 235 މީހަކާއި ޒައީމާ ހައްޖު ގްރޫޕުގެ 231 މީހަކުވެސް ހިމެނެއެވެ.

މިއީ މެގަ މޯލްޑިވްސް އިން ދިވެހި ހައްޖުވެރީން ގޮވައިގެން ދަތުރުކުރާ ދެވަނަ ފަހަރެވެ. މީގެ ކުރީން ސައޫދީއަށް ދަތުރުކުރުމަށް ދިވެހީންނަށް ކުރިމަތިވެފައިވާ އުނދަގޫތައް ހައްލުކޮށްދިނުމުގެ ގޮތުން މިއަހަރުގެ ޖުލައި މަހު، މެގަ މޯލްޑިވްސް އިން ވަނީ، މާލެއާ ޖިއްދާއާ ދެމެދު ސީދާ ދަތުރުތަކެއް ކުރުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މެގަ މޯލްޑިވްސްގެ ޗާޓަރު ފްލައިޓުތަކުގައި ރާއްޖެއިން މިއަހަރު ހައްޖާދާ މީހުން އެނބުރި މާލެ އައުމަށް ހަމަޖެހިފައި ވަނީ، 28 ސެޕްޓެމްބަރުން 1 އޮކްޓޫބަރު 2015 އާ ދެމެދުއެވެ.

ހައްޖުވެރީން ގޮވައިގެން ފުރުން:

  • 28 އޯގަސްޓް: LV2201 - MLE-JED - 1200-1540

  • 29 އޯގަސްޓް: LV2203 - MLE-JED - 0630-1010
  • 30 އޯގަސްޓް: LV201 - MLE-JED - 0135-0515
  • 30 އޯގަސްޓް: LV2205 - MLE-JED - 1930-2310
  • 31 އޯގަސްޓް: LV201 - MLE-JED - 2035-0015
  • 01 ސެޕްޓެމްބަރު: LV2207 - MLE-JED - 1230-1610

އެނބުރި އައުން:

  • 28 ސެޕްޓެމްބަރު: LV2210 - JED-MLE - 1045-1850

  • 29 ސެޕްޓެމްބަރު: LV200 - JED-MLE - 1045-1850
  • 29 ސެޕްޓެމްބަރު: LV2212 - JED-MLE - 1625-0030
  • 30 ސެޕްޓެމްބަރު: LV200 - JED-MLE - 2315-0720
  • 30 ސެޕްޓެމްބަރު: LV2214 - JED-MLE - 2315-0720
  • 01 އޮކްޓޫބަރު: LV200 - JED-MLE - 2315-0720