އައިޖީއެމްއެޗް ހޮސްޕިޓަލުން ސުޕީޗް ތެރަޕީ އާއި އޮކިއުޕޭޝަން ތެރަޕީ ދެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ(އެންސްޕާ) އިން މިއަދު ބުނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އަދަދު ދުވަހަކުން ދުވަހެއް އިތުރުވެ ފަރުވާއަށް އެދި ހުށައަޅަމުންދާތީ އެދެ ތެރަޕީ އައިޖީއެމްއެޗު އިން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

"ސުޕީޗް ތެރާޕީ އަދި އޮކިއުޕޭޝަނަލް ތެރާޕީގެ ހިދުމަތް ހޯދެއްވުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަކުން އައިޖީއެމްއެޗް އަށް ވަޑައިގެން ހިދުމަތް ހޯދެއްވުމަށް މިއެޖެންސީގެ ފަރާތުން އިލްތިމާސް ކުރަން." އެންސްޕާއިން ބުންޏެވެ.

އެދެ ތެރަޕީ މީގެ ކުރިން ނަގަންޖެހެނީ ގިނަ އަދަދެއްގެ ފައިސާ އަދާ ކުރުމަށް ފަހު އެވެ. އެދެ ތެރަޕީއަކީ ގިނަ އަދަދެއްގެ ކުޑަކުދިން ނަގަން ޖެހޭ ފަރުވާއެކެވެ.