26 Aug 2015, 23:12
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީގެ ގެކޮޅު ކަމުގައިވާ މ. ޔާގޫތުގެއަށް ކޯޓު އަމުރެއްގެދަށުން ވަދެ ފުލުހުން އެގެ ބަލައި ފާސްކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިރޭ 9:00 އެހާކަންހާއިރުން ފެށިގެން މ. ޔާގޫތުގެ ބަލައި ފާސްކުރަނީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހުށަހެޅި މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ، ހެކި ހޯދުމަށް ކަމަށެވެ.
ޔާގޫތުގެ ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް ދީފައިވާ އަމުރުގެ މުއްދަތު މިރޭ 12:00 އާ ހަމައަށް ހަމަވެފައި ވާތީ، ފުލުހުން ވަނީ އިތުރު އަމުރެއް ހޯދައިފައެވެ.
އެ އަމުރުގެ ދަށުން ފުލުހުން ދަނީ އަދިވެސް ޔާގޫތުގެ ބަލައިފާސްކުރަމުންވެ.
ފުލުހުން ބުނީ، ތަހުގީގު ކުރިއަށް ދާތީ، އެކަމާގުޅޭ އިތުރު ތަފްސީލް މިވަގުތު ދެވެން ނެތްކަމަށެވެ.