ޏ. ފުވައްމުލަކު ނައިބުތުއްތު މަގުގައި މިރޭ ދުއްވާފައި ދިޔަ ތިން ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުވައްމުލަކު ބޮޑު މަގުގައި މިރޭ 9:30 ކަންހާއިރު ތިން ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެއްގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއްވެ އޭގެ ތެރެއިން އެކަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ފަރުޒާދު މިރޭ ސަންއަށް ވިދާޅުވީ، މިރޭ އެރަށުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ފަސްމީހަކަށް ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ތަންކޮޅެއް ބޮޑަށް އަނިޔާވި ތިން މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވާ ކަމަށެވެ.

"އެންމެނަަށް ވެސް ވަނީ ގައިގެ އެކިތަންތަން މަށައިގެންގޮސް އެކިވަރުގެ އަނިޔާތައް ލިބިފައި. އެކަމަކު އޭގެ ތެރެއިން އެކެއްގެ ފައިގެ ދެ އިނގިލި ބިންގައިގެން ގޮސްފައި ވަނީ. އެއްވެސް މީހަކަށް އެހާ ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވޭ،" ފަރުޒާދު ވިދާޅުވި އެވެ.