26 Aug 2015, 18:23
އެމެރިކާގެ ވާޖިނިއާގެ ޓީވީ ސްޓޭޝަނަކުން ވަގުތުން އިންޓަވިއުއެއް ގެނެސްދެމުން ދަނިކޮށް ދެ ނޫސްވެރިއަކަށް ބަޑިން ހަމަލާދީ މަރާލައި އެވެ.
މަރާލާފައި ވަނީ ޑަބްލިއުޑީބީޖޭ7 ޗެނަލުގެ އުމުރުން 24 އަހަރުގެ ރިޕޯޓަރު އެލިސަން ޕާކާ އާއި އުމުރުން 27 އަހަރުގެ ކެމެރާމެން އެޑަމް ވާރޑް ކަމަށް އެ ޗެނެލާ ހަވާލާދީ ސީއެންއެން އިން ބުންޏެވެ.
ސީއެންއެން އިން ބުނީ ހަމަލާދިން މީހުން އެ ދެ މީހުންނަށް އަމާޒުކޮށް ހަފަހަރު ނުވަތަ ހަތް ފަހަރު ބަޑި ޖަހާފައިވާ ކަމަށް އެ ސްޓޭޝަންގެ މެނޭޖަރު ބުނާ ކަމަށެވެ.
އެމެރިކާގެ ފުލުހުން ދަނީ މި މައްސަލަ ތަހްގީގުކުރަމުންނެވެ.