ރާއްޖޭގެ މީޑިއާތަކުން ކޮށްދޭކަންތައްތަކުގެ އަގުވަޒަން ކުރުމަށް ރެޑް ކުރެސެންޓުން މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ)އަށް ހަދާނީ ލިޔުމެއް ދީފިއެވެ.

މީޑިއާ ކައުންސިލްގައި މިއަދު ބޭއްވި ހަފްލާއެއްގައި ރެޑް ކުރެސެންޓުގެ ފަރާތުން އެހަދާނީ ލިޔުން މީޑިއާ ކައުންސިލްއާއި ހަވާލުކޮށްދެއްވީ ރެޑް ކުރެސެންޓުގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އިބްރާހިމް ފުއާދުއެވެ. މީޑިއާ ކައުންސިލްގެ ފަރާތުން އެލިޔުމާއި ހަވާލުވެވަޑައިގަތީ އެކައުންސިލްގެ ރައީސް މުހައްމަދު އާސިފް (މޮންދު)އެވެ.

އެމްއެމްސީއަށް ހަދާނީ ލިޔުން ހަވާލު ކުރުމަށް މިއަދު ބޭއްވި ހަފްލާގެ ތެރެއިން،: ސަން ފޮޓޯ: އެމްއެމްސީ

އެހަދާނީ ލިޔުމަކީ ރެޑްކުރެސެންޓުގެ މަސައްކަތްތަކަށް ރާއްޖޭގެ މީޑިއާތަކުން ދެއްވާ އެހީތެރިކަން ފާހަގަކޮށް އެކަން އަގުވަޒަން ކުރުމަށް ދީފައިވާ ލިޔުމެއް ކަމަށް މީޑިއާ ކައުންސިލްއިން ބުންޏެވެ.

އިންސާނިއްޔަތަށް ޓަކައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާ، ދިވެހި ރެޑް ކްރެސެންޓުން ދަނީ އެޖަމިއްޔާއަށް އެހީތެރިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް އެކިއެކި މުއައްސަސާތަކަށް ހަދާނީ ލިޔުން ދެމުންނެވެ.