ދަރިވަރުންގެ 42 ވަނަ އެކެޑެމީ އެވޯޑްސް އިން އެކި ޔުނިވާސިޓީތަކުން 15 ދަރިވަރަކު އެންމެ މޮޅު ފިލްމުތަކުގެ އެވޯޑު ހޯދައިފި އެވެ.

އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސްގެ ދަށުން ދެމުން އަންނަ އެ އެވޯޑަށް މި އަހަރު ވަނީ ރެކޯޑު އަދަކަށް ފިލްމުތަކެއް ހުށަހަޅާފަ އެވެ. އެގޮތުން މިއަހަރު އެ އެވޯޑަށް 1،686 ފިލްމެއް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން އެ މުބާރާތަކަށް އެމެރިކާގެ 282 ކޮލެޖަކުން ފިލްމު ހުށަހަޅާފައިވާއިރު އެހެން ގައުމުތަކުގެ 93 އިންޓަނޭޝަނަލް ޔުނިވާސިޓީތަކަކުން ވަނީ އެ މުބާރާތަށް ފިލްމު ހުށަހަޅާފަ އެވެ.

ވަނަ ވަނައަށް އައި ފަރާތްތަކަށް އަންނަ މަހު 17 ގައި ލޮސް އެންޖަލެސްގައި އޮންނަ ރަސްމިއްޔާތެއްގައި އެވޯޑު ހަވާލު ކުރާނެ އެވެ.

އެކި ދާއިރާތަކުން އެންމެ މޮޅު ފިލްމުތައް ހޮވާފައިވާ އިރު އެވޯޑު ހޮވާފައިވާ ދާއިރާތަކަކީ އޯލްޓަނޭޓިވް އާއި ޑޮކިއުމެންޓްރީ އާއި ނެރޭޓިވް އަދި ފޮރެއިން ފިލްމްގެ ބައިންނެވެ.

އޯލްޓަނޭޓިވްގެ ބައިން ދެ ފަރާތެއްގެ ފިލްމެއް ވަނީ ހޮވާފަ އެވެ. އެގޮތުން އެ ދާއިރާއިން ހޮވި އެންމެ މޮޅު ދެ ފިލްމަކީ:

  1. ކެލިފޯނިއާ ޗެޕްމެން ޔުނިވާސިޓީ، ޑޭނިއަލް ޑްރަމޮންޑްގެ "ކިއާރޯސްކޫރޯ"

  2. ނިއުޔޯކް ދަ ސްކޫލް އޮފް ވިޝުއަލް އާޓްސް، ޗީހިއުން ލީގެ "ޒޯއީ"

އެނިމޭޝަން ފިލްމުތަކުގެ ދާއިރާއިން ތިން ފިލްމެއް ހޮވާފައިވާއިރު އެފިލްމުތަކަކީ:

  1. ކޭލްއާޓްސް، ސެތު ބޮއިޑެންގެ "އެން އޮބްޖެކްޓް އެޓް ރެސްޓް"

  2. ސެން ފްރެންސިސްކޯ އެކެޑެމީ އޮފް އާޓްސް ޔުނިވާސިޓީ، އެލިސް ޒުއީގެ "ސޯރ"
  3. ސްކޫލް އޮފް ވިޝުއަލް އާޓްސް، ނިކޮލަސް މެންފްރޭޑީ އާއި އެލިޒަބެތު ކޫ-ހެރޭރޯގެ "ޓޭކިން ދަ ޕްލަންޖް"

ޑޮކިއުމެންޓްރީގެ ބައިން ހޮވުން ފިލްމުތަކަކީ:

  1. ސްޓެންފޯޑް ޔުނިވާސިޓީ، މެގް ސްމޭކާގެ "ބޮކްސިއޮޑޯރާ"

  2. ބްރައުން ޔުނިވާސިޓީ، އެމިލީ ކެސީގެ "އައި މެރިޑް މައި ފެމިލިސް ކިލާ"
  3. ޔުނިވާސިޓީ އޮފް ސަދާން ކެލިފޯނިއާ، އެލެގްޒެންޑްރޭ ޕެރަލްޓާގެ "ލުކިން އެޓް ދަ ސްޓާސް"

ނެރޭޓިވްގެ ބައިން ހޮވުނު ފިލްމުތަކަކީ:

  1. އެމެރިކަން ފިލްމް އެސޯސިއޭޝަން (އޭއެފްއައި)، ހެންރީ ހިއޫޖެސްގެ "ޑޭ ވަން"

  2. އޭއެފްއައި، ބެނެޓް ލެސެޓާގެ "ސްޓެލްތު"
  3. އޭއެފްއައި، ޖެރެމީ ކްލޯގެ "ދިސް ވޭ އަޕް"

ފޮރެއިން ފިލްމުތަކުގެ ބައިން ހޮވިފައިވަނީ

  1. އޮސްޓްރޭލިއާ ފިލްމަކޭޑަމީ ވިއެން، ޕެޓްރިކް ވޮލާތުގެ "އެވްރިތިން ވިލް ބީ އޯކޭ...."

  2. ޖާމަނީ ހެމްބާގް މީޑިއާ ސްކޫލްގެ އައިކާ ކަޓާކްގެ "ފައިޑޭލިޓީ"
  3. ޖާމަނީ ފިލްމަކޭޑެމީ ބާޑެން-ވުއެޓެމްބާގް، ޑަސްޓިން ލޫސްގެ "ދަ ލާސްޓް ވިލް"