26 Aug 2015, 18:12
މޮނާކޯގެ ދަނޑުގައި 2-1 ބަލިވި ނަމަވެސް އަވޭގޯލް ތަފާތުން ބަލައި 4-3ގެ ނަތީޖައަކުން މޮޅުވެ ވެލެންސިއާ ފައިނަލަށް ދިއުން ވެގެންދިޔައީ ޔޫރަޕްގެ ފުޓްބޯޅައިގައި ގައުމަކުން ފަސްޓީމް ޗެމްޕިއަންސް ލީގްގައި ވާދަކުރާ ފުރަތަމަ ފަހަރަށެވެ.
ބާސެލޯނާއާއި ރެއާލް މެޑްރިޑާއި، އެތުލެތީކޯ މެޑްރިޑް އަދި ސެވިއްޔާގެ ފަހަތުން ވެލެންސިއާ ޗެމްޕިއަންސް ލީގަށް ހޮވުމާއެކު ސްޕެއިބންގެ ފުތްބޯޅަ ވަނީ ޔޫރަޕްގެ ތާރީޚްގެ ތެރެއަށް ވަދެފައެވެ.
މީގެ ކުރިން އެއްވެސް ގައުމަކަށް ޗެމްޕިއަންސް ލީގްގައި ފަސް ފުރުސަތު ލިބިފައެއް ނުވެއެވެ.
ފަސް ޓީމް ވާދަކުރުމުގެ އެންމެ ފަހި ފުރުސަތެއް މީގެ ކުރިން ލިބިފައިވަނީ ޕްރިމިއާ ލީގަށެވެ. އެއީ 2005-2006 ގެ ސީޒަންގައި އެވަޓަންއަށެވެ. ނަމަވެސް އެވަޓަންއަށް ވަނީ ޕްރިމިއާޝިޕްގެ ގަދަ ހަތަރަކަށް ނުވަދެވުމުން އެފުރުސަތު ގެއްލިފައެވެ.
ދެހާސް އެއް ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް ކުޅުނު ވެލެންސިއާއާއެކު މިފަހަރުގެ މުބާރާތުން ސްޕެއިންގެ ޓީމްތައް ޑޮމިނޭޓް ކުރާއިރު ވޭތުވެދިޔަ ހަތް ސީޒަންގެ ތެރެއިން ސްޕެއިންގެ ޓީމްތައް ވަނީ ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގް ކާމިޔަބުކޮށްފައެވެ.
ޔޫއެފާ ކުލަބު ރޭންކިންގައިވެސް އެންމެ ކުރީގައި އުޅެނީ ސްޕެއިންގެ ޓީމްތަކެވެ. ކުލަބު ރޭންކިން އެކުލަވާލަނީ ޔޫރަޕްގެ ފުޓްބޯޅައިގައި ކުލަބުތައް ހޯދާ ނަތީޖާތަކުގެ މައްޗަށް ބިނާކޮށެވެ.