26 Aug 2015, 15:16
އިންޑިއާގެ ބޮލީވްޑްގެ ފިލްމީ ތަރި ސަންޖޭ ދަތުގެ ދަރިފުޅުގެ ނޭފަތުގެ އޮޕަރޭޝަނެެއް ކުރާތީ ކަފާލާތުގެ ދަށުން އެއް މަސް ދުވަހަށް ގެއަށް ބަދަލުކޮށްފި އެވެ.
ސަންޖޭ ދަތު އަވަސް އަވަހަށް ޖަލުން ނުކުންނާތީ އޭނާ އަށް ވަނީ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެދި އެފަދަ ފާޑުކިޔުންތަކުގައި ބުނަނީ އޭނާ އަށް ލިބެނީ ވީއައިޕީ ހިދުމަތް ކަމަށެވެ.
ސަންޖޭ ދަތަށް އެންމެ ފަހުން ޖަލުން ޗުއްޓީ ދިނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އަދި އެ މުއްދަތު އިތުރުކުރަން އޭނާ އެދުނެވެ. ނަމަވެސް އެ ފަހަރު ވަނީ އެ ހުއްދަ ނުދީފަ އެވެ. ދެހާސް ތޭރަ ވަނަ އަހަރުގެ މޭ މަހުން 2014ގެ ނިޔަލަށް 118 ދުވަހު އޭނާ ޖަލުން ބޭރުގައި ހުރެފައިވެ އެވެ.
ސަންޖޭ ދަތު، 56، 2013 ވަނަ އަހަރު ޖަލަށް ލުމަށް ހުކުމްކުރީ 1993 ވަނަ އަހަރު މުމްބާއީ އަށް ދިން ހަމަލާގައި އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ސާބިތުވެގެންނެވެ. އެ ހަމަލާގައި 257 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު މަރުވި އެވެ.
ދަތު ހަތް އަހަރަށް ޖަލަށްލީ 2007 ވަނަ އަހަރު އެވެ. އަދި 18 މަސް ދުވަހު ޖަލުގައި ހޭދަކުރުމަށް ފަހު ކަފާލާތުގެ ދަށުން ނުކުތެވެ. ނަމަވެސް އަލުން 2013 ވަނަ އަހަރު ޖަލަށްލި އެވެ. -- އެންޑީޓީވީ