އައްޑޫ ސިޓީ ލިންކް ރޯޑުގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް މިއަދު އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މިއަދު 8:15ގައި އައްޑޫ ސިޓީ ހިތަދޫ ލިންކް ރޯޑުގައި ދެ ސައިކަލުގައިޖެހި ހިނގި އެކްސިޑެންޓެއްގެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި އެ އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެގެން ހިތަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެދެ މީހުންނަށް ފަރުވާދެމުންދާ އިރު އެ މީހުންނަށް ލިބިފައިވާ އަނިޔާގެ މައުލޫމާތެއް އެ ހޮސްޕިޓަލަކުން ނުދެ އެވެ.

އައްޑޫ ސިޓީގެ ލިންކް ރޯޑުގައި ބާރަށް ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓް ހިނގުމަކީ ދޭތެރެދޭތެރެއިން ހިނގާ ކަމެކެވެ.