އަންހެނުންނަށް ހާއްސަކޮށްގެ ފްރީގައިސް ހޯލްޑިންގްސް އިން އުފެއްދި "ފެރާޖް" ބްރޭންޑުގެ ފައިވާނާއި ބޫޓު އަދި އަތްދަބަހަށް ހާއްސަ ފިހާރައެއް މިރޭ މާލޭގައި ހުޅުވައި އެ ބްރޭންޑް ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

ފެރާޖް ބްރޭންޑަށް ހާއްސަ ފިހާރައެއް މާލޭގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ------ ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ފްރީ ގައިސް ހޯލްޑިންގެ ފަރާތުން ހުޅުވި އެ ފިހާރަ ހުންނަނީ ޗާނދަނީމަގު ސޮނީ ސްޕޯޓްސްއާ އިންވާގޮތަށެވެ.

ކުލަގަދަ ރަސްމިއްޔާތަކާ އެކު މިރޭ ހުޅުވި ފިހާރައިގައި އަންހެން ބޭކަނބަލުންނަށް ހާއްސަ ފެރާޖް ބްރޭންޑުގެ ފައިވާނާއި ބޫޓު އަދި އަތްދަބަސް ލިބެން ހުންނާނެ އެވެ.

ފެރާޖް ބްރޭންޑަށް ހާއްސަ ފިހާރައެއް މާލޭގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ------ ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ފްރީ ގައިސް ހޯލްޑިންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ އަލީ ދީދީ ވިދާޅުވީ، ފިހާރަ ހުޅުވުމާއެކު ކަސްޓަމަރުންނަށް ރަނގަޅު އަގުތަކެއްގައި ޑިސްކައުންޓާއެކު ތަކެތި ގަންނަން ލިބޭނެ ކަމަށެވެ. އެގޮތުން އެ ފިހާރައިން ވިއްކާ ހުރިހާ އެއްޗަކަށް ވެސް 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ފެރާޖް ބްރޭންޑަށް ހާއްސަ ފިހާރައެއް މާލޭގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ------ ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އޭނާ ވިދާޅުވީ، ކުރިއަށް އޮތްތާގައި މާލޭގައި އެ ބްރޭންޑް އިތުރަށް ފުޅާކޮށް، އިތުރު ފިހާރަތައް ވެސް ހުޅުވާނެ ކަމަށެވެ.