25 Aug 2015, 16:56
ގަވައިދާ ޚިލާފަށް ޕާކު ކޮށްގެން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނަގާފައިވާ ވެހިކަލްތަކުގެ ވެރިފަރާތުން މިއަދުން ފެށިގެން ދެ ހަފްތާތެރޭ އެ ވެހިކަލްތަކާ ހަވާލުނުވެއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އެ ވެހިކަލްތައް ނައްތާލާނެ ކަަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ނެރެފައިވާ އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން ތިން ދުވަހުގެ ތެރޭގައި، ޓޯ ކޮށްފައިވާ ވެހިކަލްތަކުގެ ވެރިފަރާތުން ޕޮލިސް ޓޯ ޔާޑަށް ހާޒިރުވުމަށް އަންގާކަމަށެވެ.
" މި މުއްދަތުގެ ( ތިން ދުވަސް ) ތެރޭގައި ވެރިފަރާތްތަކުން މި އުޅަދުތަކާއި ހަވާލުނުވެއްޖެނަމަ އިތުރުވާ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ އުސޫލުން ޖޫރިމަނާ ކުރެވޭނެ" ފުލުހުންގެ އިއުލާނުގައި ވެއެވެ.
އެ އިއުލާނުގައި ވާގޮތުން ފުލުހުން ވަނީ 18 ސައިކަލާއި އެއް ބައިސްކަލް ޓޯ ކޮށްފައެވެ.