14 Mar 2011, 17:42
އައްޑު އަތޮޅު ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގައި ތަމްރީން ކުރާ ޕްރައިވެޓް ޕައިލެޓް ލައިސަންސް [ޕީޕީއެލް ] ޓްރެއިނިން ކޯހުގެ ފުރަތަމަ ބުރުގެ ދަރިވަރުން މިއަދު އިމްތިހާން ހަދަން ފަށައިފި އެވެ.
އޭޝިޔަން އެކަޑަމީ އޮފް އެއިރޮނޮޓިކްސް އިން ޕީޕީއެލް ތަމްރީން ފުރިހަމަކޮށް ފުރަތަމަ ބުރުގައި އިމްތިހާން ހަދަނީ ހަތަރު ދަރިވަރުން ކަމަށާއި އެއީ ދިވެހި ހަތަރު ދަރިވަރުންނާއި އިންޑިއާގެ އެއް ދަރިވަރަކު ކަމަށް ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓުން ބުނެ އެވެ.
ގަމުގައި ހުންނަ ފްލައިން ސްކޫލްގައި ހިންގަމުން އަންނަ އެ އިމްތިހާން ކޮންޑަކްޓް ކުރަނީ ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓްގެ ދެ އޮފިސަރުންނާއި ސްރީލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ފަރާތުން ފޮނުވާފައިވާ އިންވިޖިލޭޓަރެއްގެ ބެލުމުގެ ދަށުން ކަމަށް ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓުން ބުންޏެވެ.
އެ އިމްތިހާނުން ފާސްވާ ދަރިވަރުން ޕައިލެޓް ޕްރޮފިޝެންސީ ޗެކް ކުރުމަށްޓަކައި "ޗެކްރައިޑެއް" އަޅަން ޖެހޭ ކަމަށާއި އަދި ޗެކް ރައިޑުން ފާސްވާ ދަރިވަރުން ލައިސަންސިން ރިކުއަމަންޓްސް ފުރިހަމަ ކުރުމުން ޕްރައިވެޓް ޕައިލެޓް ލައިސަންސް ދޫކުރާނެ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުނެ އެވެ.