25 Aug 2015, 11:18
މިނިވަން 50 ބައިބަލާ ޗެމްޕިއަންޝިޕްގެ ފައިނަލަށް ބީޖީ ސްޕޯޓްސްއާއި ކުޑަ ހެންވޭރު ޔުނައިޓަޑް ދަތުރުކޮށްފިއެވެ.
ކުޑަ ހެންވޭރު ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ހާހާ ވައިކަންމަތި ޓީމްގެ މައްޗަށް ކުރި ހޯދުމަށްފަހުގައެވެ.
ބައިބަލާ މުބާރާތް ދިހަ ފަހަރު ކާމިޔަބުކޮށްފައިވާ ބީޖީ ފައިނަލަށް ދަތުރު ކުރީ ދެ ވަނަ ސެމީފައިނަލް މެޗްގައި ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދުމަށްފަހުގައެވެ.
ބީޖީއާއި ކުޑަ ހެންވޭރު ޔުނައިޓަޑް މިރޭ ފައިނަލަށް ނިކުންނައިރު މިދިޔަ މަހު ބޭއްވި ބައިބަލާ މުބާރާތުގެ ގަދަ 16 އިން ބީޖީ ކެޓީ ކުޑަ ހެންވޭރު ޔުނައިޓަޑް އަތުން ބަލިވެގެންނެވެ.
މުބާރާތް ކަމިޔަބު ކުރާ ޓީމަކަށް 100000 ރުފިޔާ ދޭގޮތަށް ބައިބަލަ އެސޯސިއޭޝަނުން ވަނީ ހަމަޖައްސާފައެވެ.