ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ފަރާތުން "ކޮންޒަވޭޝަން އޮފް ހެރިޓޭޖް ބިލްޑިންގ އެންޑް ސައިޓް"ގެ ނަމުގައި މެލޭޝިއާގެ ޔުނިވަސިޓީ އޮފް މަލާޔާގައި ތިން ހަފްތާގެ މުއްދަތަށް ކުރިއަށް ދާ ވޯކްޝޮޕްގައި ބައިވެރިވުމަށް ރާއްޖޭގެ ފަސް ކުއްޖަކު ހޮނިހިރު ދުވަހުގެ ރޭ މެލޭޝިއާ އަށް ފުރައިފި އެވެ.

ހެރިޓޭޖް ޑިޕާޓްމަންޓުން ބުނީ އެ ވޯކްޝޮޕްގެ މައިގަނޑު ބޭނުމަކީ މާލޭ ހުކުރު މިސްކިތާއި އަދި ރާއްޖޭގައި ހިރިގަލުން ހަދާފައިވާ އެހެނިހެން މިސްކިތްތައް ވޯލްޑް ހެރިޓޭޖްގައި ހިމެނުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތަކަށް ބޭނުންވާ މީހުންނަށް ކަމާ ގުޅޭ ތަމްރީން ހޯދައި ދިނުން ކަމަށެވެ. އެ ވޯކްޝޮޕްގައި ހެރިޓޭޖްގެ ސައިޓުތައް އިވެލުއޭޓުކޮށް ކުރަހާނެ ގޮތާއި އަދި ވޯލްޑް ހެރިޓޭޖްގައި ހިމެނުމަށް ކުރަން ޖެހޭ މައިގަނޑު މަސައްކަތްތަކާއި އެ ތަންތަން ޓޫރިސްޓުންނަށް އަމާޒުކޮށްގެން ތަރައްގީ ކުރާނެ ގޮތްތައް ދަސްކޮށްދެވޭނެ ކަމަށް ވެސް އެ ޑިޕާޓުންމެންޓުން ބުންޏެވެ.

އެ ވޯކްޝޮޕްގެ ބައިވެރިން އެނބުރި މާލެ އައުމަށް ފަހު މާލޭ އައުމަށް ފަހު މާލޭ ހުކުރު މިސްކިތާއި ރާއްޖޭގައި ހިރިގަލުން ހަދާފައިވާ މިސްކިތްތައް ވޯލްޑް ހެރިޓޭޖްގައި ހިމެނުމަށް ޓަކައި އެ ތަންތަން އިވެލުއޭޓް ކުރުމާއި ސައިޓްތަކުގެ އާކިޓެކްޗަރަލް ކުރެހުންތައް ތައްޔާރު ކުރާނެ އެވެ.

އެ ވޯކްޝޮޕްގެ ބައިވެރިން މާލެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގަ އެވެ.