24 Aug 2015, 15:16
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރުނު 10,000 ރުފިޔާގެ ރެވެނިއު ސްޓޭމްޕް ރައީސް އަށް ހަދިޔާ ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި އެސްޓޭމްޕް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަށް ހަދިޔާކުރެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދް މުހައްމަދު އެވެ.
މިނިވަން 50 އާ ގުޅުވައިގެން މީރާއިން ނެރުނު 10000 ރުފިޔާގެ ސްޓޭމްޕް ރައީސުލްޖުމްހޫރިއްޔާ އަށް އެރުވުން -- ސަންފޮޓޯ/ އަލީ ނަސީރު
އެސްޓޭމްޕަކީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރު ފާހަގަކުރުމުގެ ގޮތުން މީރާ ތައާރަފްކުރި ސްޓޭމްޕެކެވެ. މީރާގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި މަހު 13 ވަނަ ދުވަހު ބޭއްވި ހަފްލާގައި އެ ސްޓޭމްޕް ނެރެދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދެވެ.
މީރާއިން 10000 ރުފިޔާގެ ސްޓޭމްޕެއް މީރާއިން ނެރެފައިވާ އިރު މީގެ ކުރިން ބޭނުންކުރަމުން އައި އެންމެ މަތީ އަދަދުގެ ސްޓޭމްޕަކީ 5,000 ރުފިޔާގެ ރެވެނިއު ސްޓޭމްޕެވެ.