މިނިވަން 50 ބައިބަލާ ޗެމްޕިއަންޝިޕްގައި ބައިބަލަގެ ވަރުގަދަ ބާރެއްގެ ގޮތުގައި ހިމެނޭ ބީޖީ ސްޕޯޓްސް ކުލަބާ އެކު ހަތަރު ޓީމެއް ސެމީފައިނަލަށް ދަތުރުކޮށްފި އެވެ.

ބީޖީގެ އިތުރުން ސެމީއަށް ދަތުރުކޮށްފައި ވަނީ ހާހާ ވައިކަންމަތި ޓީމާއި ބުރު ސްޕޯޓްސް ކުލަބާއި ކުޑަ ހެންވޭރު ޔުނައިޓަޑްގެ ޓީމެވެ. ބީޖީ ދަތުރު ކުރީ ޓީނޭޖް ނިއު ޖެނަރޭޝަން ބަލިކުރުމަށް ފަހުގަ އެވެ.

ހާހާ ކަންމަތި ސެމިއަށް ދަތުރުކުރީ ރޭ ކުޅެވުނު ކްއާޓާ ފައިނަލްގައި އީގަލްސް އިންތިރީޑީގެ މައްޗަށް ކާމިޔާބު ހޯދައިގެނެވެ.

ބުރު ސްޕޯޓްސް ފައިނަލަށް ދަތުރު ކުރީ ބީޖީ ނިއު ޖެނަރޭޝަން ބަލި ކުރުމަށްފަހުގަ އެވެ. ކުޑަ ހެންވޭރު ޔުނައިތަޑް ފައިނަލަށް ދަތުރު ކުރީ ކުލަބު ޕީކޭ ބަލިކުރުމަށްފަހުގަ އެވެ.

މިނިވަން 50 ޗެމްޕިއަންޝިޕަކީ ފިތުރު އީދުގެ މުނާ ސަބަތާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ބައިބަލާ މުބާރާތަށް ފަހު އާ ބަދަލުތަކާ އެކު ފެންވަރު ރަނގަޅު މުބާރާތެއް ބޭއްވުމުގެ ގޮތުން ކުރިއަށް ގެންދަ ނުބާރާތެކެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ވެސް 100000 ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.