ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ އާޒިމް ދޫކޮށްލީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ވިދާޅުވީ އޭނާ ފުލުހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އާޒިމް ދޫކޮށްލި ނަމަވެސް ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާނެ ކަމަށެވެ.