23 Aug 2015, 12:35
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރެކްރިއޭޝަން ކްލަބް (އޭސީސީއާރުސީ)ގެ ފަރާތުން އިސްނަގައިގެން، ވިލިމާލޭ، ބާބެކިއު ހަދާ ސަރަޙައްދާއި ދެކުނުން މޫދަށް އެރޭ ސަރަޙައްދު ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
"ސޭވްދަ ބީޗް" ވިލިމާލޭ ޖަމިއްޔާގެ އެހީއާ އެކު ގުޅިގެން، އެ ހަރަކާތް ކުރިއަށްދިއައީ، އިއްޔެ ހަވީރު ހަތަރަކުން ފަހަކަށެވެ.
އެ ހަރަކާތުގައި އޭސީސީއާރުސީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެފައިވާ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ. އިއްޔެ ކުރިއަށް ދިޔަ ހަރަކާތުން 37 ބޮޑެތި ކޮތަޅުގެ ކުނި އެއްކޮށް އުކާލާފައިވެ އެވެ.
އޭސީސީއާރުސީގެ މެންބަރުންގެ ފަރާތުން މުޖުތަމަުއަށް ފައިދާ ހުރި، ވަކިން ހާއްސަކޮށް ތިމާވެށި ހިމާޔަތްކުރުމުގެ ހަރަކާތެއް ހިންގުމަކީ އެ ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަގުސަދު ކަމަށް އެ ކްލަބުން ބުންޏެވެ.
ކުރިއަށް އޮތްތާގައި އެފަދަ އިތުރު ޙަރަކާތްތައް އިންތިޒާމުކޮށް ހިންގުމަށް އޭސީސީއާރުސީ އިން ވަނީ ނިންމާފަ އެވެ.
ސޭވް ދަ ބީޗް އާ ގުޅިގެން އެމްޓީސީސީ އިން ވެސް އިއްޔެ ވަނީ ވިލިމާލޭ ސާފު ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފަ އެވެ.