ބިދޭސީއަކަށް ބިރުދައްކައި ފައިސާ ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 41 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި މާފަންނު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ 14:15 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

ފޭރެން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ މިހާރު އެމައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަހުޤީޤް ކުރަމުންދާ ކަމަށެވެ.