ހެވި ކަމުގެ ކުޅިވަރު ދައްކާލުމަށް އިނގިރޭސިވިލާތުގައި ބޭއްވި ޝޯއެއްގައި އެތައް ބައެއްގެ ކުރިމަތީގައި ފައިޓާ ޖެޓެއް ވެއްޓި ހަތް މީހުން މަރުވެ 14 މީހަކު ޒަޚަމްވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ސުސެކްސް ސަރަހައްދުގައި ކުރިއަށް ދިޔަ އެ ހަރަކާތުގައި ފައިޓާ ޖެޓް ވެއްޓެމުން ވަނީ ހަތަރު ވެހިކަލެއްގައި ޖެހިފައެވެ. މަރުވެފައި ވަނީ އެ ވެހިކަލްތަކުގައި ތިބި މީހުން ކަމަށް ރޮއިޓާސް އިން ބުންޏެވެ.

އެ މަންޒަރު ވަނީ ރޯޔަލް އެއާ ފޯސް އެސޯސިއޭޝަންގެ އަހަރީ ޝޯ ބަލަންތިބި އެތައް ސަތޭކަ ބަޔަކަށް ފެނިފައެވެ.

ފައިޓާ ޖެޓް ވެއްޓުނު ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. އެ ޖެޓް ވެެއްޓުނު މަގު މިހާރު ބަންދުކޮށްފައިވާ ކަަމަށް އިނގިރޭސި މީޑިއާތަކުން ބުންޏެވެ.