22 Aug 2015, 22:48
ކްރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ އެސްޓީއޯ ޓީ ޓުވެންޓީ ބުލާސްޓް ކްރިކެޓް މުބާރާތުގެ ފައިނަލްގައި މާލޭ ސްޕޯޓްސް ކުލަބުގެ މައްޗަށް ހަތް ވިކެޓުން ކުރިހޯދައި ހޯދައި އިންޑިއަން ބުލޫސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއަދު ކުޅުނު ފައިނަލްގައި ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް ކުޅެން އަރައި 20 އޯވަރުގެތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 129 ލަނޑެވެ. އެޓިމުން އެންމެ ރަނގަޅަށް ކުޅުނީ 26 ލަނޑުހެދި އަހްމަދު ނީސާމެވެ.
އިންޑިއަން ބުލޫސް ކުޅެންއަރައި 14.3 އޯވަރު ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 133 ލަނޑު ހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 69 ލަނޑު ހެދި އަބްދުﷲ ޝާހިދެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް ޝާހިދެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންޑިއަން ބުލޫސްގެ ސެސާންތުއެވެ.
އެންމެ މޮޅު އުކުންތެރިއަކަށް ހޮވުނީ މާލޭ ސްޕޯރޓްސް ކުލަބުގެ މުޙައްމަދު މަހްފޫޒުއެވެ. އެންމެ މޮޅު ވިކެޓު ކީޕަރަކަށް ހޮވުނީ އިންޑިއަން ބުލޫސްގެ އަމަރުނާތު އަސޯކަންއެވެ. އެންމެ މޮޅު ހޮވުން ތެެރިއަކަށް ހޮވުނީ މާލޭ ސްޕޯޓްސް ކުލަބުގެ ޙަސަން ހާޒުގުއެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ މާލޭ ސްޕޯޓްސްގެ މުޙައްމަދު ޝާފީ ސައީދެވެ.

މުބާރާތުގެ ވަނަ ވަނައަށް އައި ކުޅުންތެރިން --- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
މުބާރާތުގެ ވަނަ ވަނަ އަށް ފިޔަ ފަރާތްތަކަށް އިނާމް ދެެއްވީ އެސްޓީއޯގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު މުސްލިމް މަސީހާއި ޖެނެރަލް މެނޭޖަަރު އަޙްމަދު ޝިފާނާއި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިިރާގެ މެމްބަރު އަލީ އާރިފެވެ.