ކ. މަކުނުދޫ އައިލެންޑް ރިސޯޓުގައި ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.

އެ ފަތުރުވެރިޔާ މަރުފައި އޮއްވައި ފެނުނީ މިއަދު ހަވީރު 6:00 އެހާކަންހާއިރު އެވެ.

މަރުވެފައި އޮއްވައި ފެނުނު އެ ފިރިހެން ފަތުރުވެރިޔާ އެންމެ ފުރަތަމަ ގެންދިޔައީ ރީތިރަށް ރިސޯޓަށެވެ. އޭގެފަހުން މިހާރު އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ ފަތުރުވެރިޔާ ފެނުނުއިރު އޮތީ ލައިފްޖެކެޓް އަޅައިގެންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގި ގޮތް ފުލުހުން ބަލަމުން އަންނަ ކަމަށެވެ.