ސުޒުކީ – ކްލީން އަޕް ދަ ވޯލްޑް ކެމްޕެއިންގެ ދަށުން ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ޖަމާވެފައި ހުރި ކުނިތައްނަގައި ސާފުކުރުމުގެ ޕްރޮގްރާމެއް އެމްޓީސީސީ އިން ހިންގައިފި އެވެ.

ވޯލްޑް ކްލީން އަޕް އިވެންޓަކީ ސުޒުކީ އައުޓްބޯޑު އިންޖީނަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ސުޒުކީ އައުޓްބޯޑް އިންޖީނު ވިއްކާ ހުރިހާ ގައުމެއްގައި ކުރިއަށްގެންދާ ކެމްޕޭނެކެވެ. އެމްޓީސީސީ އިން ވިލިމާލޭގައި އެ ހަރަކާތް ކުރިއަށްގެންދަނީ ސޭވް ދަ ބީޗް މޯލްޑިވްސް އާ ގުޅިގެންނެވެ.

އެމްޓީސީސީ އިން ބުނީ ސުޒުކީ ކްލީން އަޕް ދަ ވޯލްޑް ކެމްޕެއިން ވިލިގިލީގައި ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނަށް ހިތްހަމަޖެހުން އަދި އުފާވެރިން މޫދުގައި އުޅޭއިރު ހޯދައިދިނުމާއި ސާފު އަދި ހިތްގައިމު މާހައުލެއް ފޯރުކޮށްދިނުމާއި އޭގެ ސަބަބުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ މުހިންމުކަން ހުރިހާ ރައްޔިތުންނަށް އަންގައިދީ ސުޒުކީ އިން އެކަމަށްދޭ އަހައްމިއްޔަތު ހާމަކޮށްދިނުން ކަމަށެވެ.

ސުޒުކީ ކްލީން އަޕް ދަ ވޯލްޑް ކެމްޕެއިނަކީ 2010 ވަނަ އަހަރުން ފެށިގެން ސުޒުކީ މެރިން އިން ކުރިއަށްގެންދާ ކެމްޕޭނެކެވެ. އެގޮތުން މިހާތަނަށް ސުޒުކީ އައުޓްބޯޑް އިންޖީނު ވިއްކާ 20 ގައުމެއްގެ 31 ސަރަހައްދެއްގައި އެ ކެމްޕޭން ވަނީ ކުރިއަށްގެންގޮސްފަ އެވެ.

ސުޒުކީ އައުޓްބޯޑު އިންޖީނަކީ 2007 ވަނަ އަހަރުން ފެށިގެން އެމްޓީސީސީ އިން ރާއްޖޭގައި ވިއްކަމުން އަންނަ އިންޖީނެކެވެ.