ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި ހަތަރު ބުރީގެ އިމާރާތެއް އަޅާނެ ފަރާތައް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އެ އިމާރާތް އެޅުމަށް ބަޔަކު ހޯދަނީ 'ޑިޒައިން އެންޑް ބިލްޑް' އުސޫލުން ކަމަށް އެ ކަމާ ގުޅިގެން ކުރި އިއުލާނުގައި ވެއެވެ.

ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 35000 ރުފިޔާ ހުށަހަޅަންޖެހެއެވެ.

އެ ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީ އެއް ދައްކަން ޖެހޭނެ ކަަމަށް އެ އިއުލާނުގައި ވެއެވެ. އަދި މާދަމާ އިން ފެށިގެން ހަތެއް ސެޕްޓެމްބަރުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް ފިނޭންސް މިނިސްޓްރީން އެ ފީ ބަލައިގެންނާނެ ކަަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ބީލަމަށް އެދި ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ޓެކްސް ކްލިއަރެންސް ރިޕޯޓް ހުށަހަޅަންޖެހޭނެ ކަމަށް ފިނޭންސުން ބުނެއެވެ. އެ ރިޕޯޓަކީ ދައުލަތަށް ދައްކަންޖެހޭ ހުރިހާ ފައިސާ އެއް ދައްކާފައިވާ ކަމުގެ ލިޔުމެކެވެ.

ސްކޫލްތައް އިމާރަތް ކުރުމުގެ ގިނަ ޕްރޮޖެކްޓްތަކެއް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ހިންގަމުންނެވެ.