ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް އެއްޖިންސުން ގުޅުންހިންގަން މަސައްކަތްކުރިކަމުގެ ތުހުމަތުގައި ގއ. ދާންދޫއިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ގއ. ދާންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ އިއްޔެ މެންދުރު 1:15 އެހާކަންހާއިރު އެވެ.

ދާންދޫ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ުފުލުހުން ބުނީ ދާންދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.