22 Aug 2015, 11:39
ޗައިނާގެ ވެރިރަށް ބެއިޖިންގައި މިހާރު ކުރިއަށްދާ 15 ވަނަ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ޕްރިލިމިނަރީ ރައުންޑުން ދެ ވަނަ ހޯދައި ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާ ރާއްޖޭގެ ހަސަން ސާއިދު މިއަދު ދެ ވަނަ ހޯދައިފި އެވެ.
ސަތޭކަ މީޓަރު އިވެންޓްގެ ޕްރިލިމިނަރީ ބުރުގެ ހީޓް އެކެއްގައި ދުވެ ސާއިދު ރޭސް ނިންމީ 10.56 ސިކުންތުންނެވެ.
ހީޓުން އެކަކުން އެއް ވަނަ ހޯދީ 10.50 ސިކުންތުން ރޭސް ނިންމި ފިޖީގެ ރަޓޫ ބަނުވޭ ޓަބައުކޯރާ އެވެ.
އެއިވެންޓުން ތިން ވަނަ ހޯދީ 10.73 ސިކުންތުން ރޭސް ނިންމި ބުރުނާއިގެ އެމްޑީ ފަހްރީ އިސްމާޢީލް އެވެ.
ދެ ވަނަ ބުރުގެ އިވެންޓްތައް ފެށޭނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 4:20 ގައެވެ.
ސާއިދު ވަނީ މިމަހު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޗަން އައިލެންޑްގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖެއަށް ރަން މެޑަލް ހޯދައިދީފަ އެވެ.