22 Aug 2015, 11:25
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ކުރިއަށް ގެންދިޔަ އިންޓަ އޮފީސް ބިލިއަޑް މުބާރަތުގެ ޓީމް އިވެންޓްގެ ފައިނަލްގައި ކަސްޓަމްސްގެ މައްޗަށް ތިން ގޭމުން ކުރިހޯދައި އެމްއެންޑީއެފްއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ސްޓެލްކޯގެ އަހްމަދު ރަމްޒީ ހޯދައިފިއެވެ.
ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ރަމްޒީ ހޯދީ ފައިނަލްގައި އެމްޑަބްލިއުއެސްސީގެ ގިޔާސް އަފްރާހްގެ މައްޗަށް 6-2 ފްރޭމުން ކުރިހޯދައިގެންނެވެ.
ޓީމް އިވެންޓްގެ ފައިނަލްގެ ގޭމްތަކުގައި ތެރެއިން ކަސްޓަމްސްގެ އަލީ ފަޔާޒާއި އިސްމާއިލް ޝަރީފްގެ ޕެއަރ ބައްދަލުކުރި ގޭމް އިބްރާހިމް އަބްސަލްއާއި އިބްރާހިމް ރަޝީދުގެ ޕެއަރ ގެ މައްޗަށް އެމްއެންޑީއެފްގެ އިބްރާހިމް އަބްސަލްއާއި އިބްރާހިމް ރަޝީދުގެ ޕެއާރ ކާމިޔާބު ހޯދި ހަ ފްރޭމުންނެވެ.
ކަސްޓަމްސްގެ އާދަމް ޞޮލާހްއާއި ހާމިދު ފައިސަލްގެ ޕެއާގެ މައްޗަށް އެމްއެންޑިއެފްގެ ސޮއްފާން ޝާކިރުއާއި ހުސައިން ފަޔާޒްގެ ޕެއާރ ކާޟިޔާބު ހޯދީ 6-1 ފުރޭމުންނެވެ.
އަދި ޓީމް އިވެންޓްގެ ފައިނަލްގައި ކުރިއަށްދިޔަ ސިންގަލް ޕެއާރގައި ކަސްޓަމްގެ ޔޫސުފް ޒުބައިރުގެ މައްޗަށް އެމްއެންޑީއެފްގެ މުހައްމަދު ފަރިމް ކަމިޔާބު ކުރީ 6-3 ގެ ފްރޭމުންނެވެ.
މުބާރަތުގެ ޗެމްޕިއަން ޓީމަށާއި ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ދެއްވީ ޔޫތު މިނިސްޓަރުގެ ނައިބު ނާއިފް ޝައުކަތެވެ.