22 Aug 2015, 10:38
އެމެރިކާ ސިިފައިންގެ ދެ މީހަކުގެ ވެގެން ފްރާންސްގެ ޓްރެއިނަކަށް ހަމަލާދޭން މަސައްކަތް ކުރި މީހަކު ހުއްޓުވައިފިއެވެ.
ބަޑިން ހަމަލާދޭން އުޅުނު އެ މީހާ ހުއްޓުވަން މަސައްކަތްކުރުމުގެ ތެރޭގައި އެމެރިކާ ސިފައިންގެ ދެ މީހުންނާއި ޕަސެންޖަރަކަށް ވަނީ އަނިޔާވެފައެވެ. އެހެންނަމަވެސް އެއްވެސް މީހެއްގެ ހާލަތު ސީރިއަސް އެއް ނޫނެވެ. ޓްރެއިންގެ ތިބި މީހުންނަށް ހަމަލާދިނުމަށް ޓްރެއިންގެ ފާޚާނަތެރެއިން އެމީހާ ކޮނޑުގަ އޭކޭ 47 ގެ ރައިފަލެއް އަޅުވައިގެން ނުކުތުން އެމެރިކާ ސިފައިންގެ ދެ މީހުން އޭނައާ ކުރިމަތިލީ ކަމަށް ސީއެންއެން އިން ބުނެއެވެ.
ޓްރެއިން ދަތުރުކުރަމުން ދިޔައީ ފްރާންސުން ބެލްޖިއަމަށެވެ. ހަމަލާދިން އިރު ޓްރެއިން އޮތީ ބެލްޖިއަމް ސަރަހައްދުގައެވެ.
ބަޑިިން ހަމަލާދޭން މަސައްކަތްކޮށްފައި ވަނީ 26 އަހަރުގެ މޮރޮކޯ މީހެއް ކަަމަށް ބީބީސީން ބުނެއެވެ. އޭނާ ގެންގުޅުނު ހަތިޔާރުތަކުގެ ތެރޭގައި އޭކޭ 47 ގެ ރައިފަލަކާއި ފިސްތޯލައެއް ހިމެނެއެވެ.
އެ މައްސަލަ މިހާރު ދަނީ ފްރާންސްގެ ޓެރަރިޒަމްގެ މައްސަލަތައް ތަހުގީގުކުރާ އިދާރާއިން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. ތަހުގީގުގައި ސުވާލުކުރުމުން އެ މައްސަލާގައި ހައްޔަރުކުރި މީހާ ވަނީ ހަނު ހުރެފައެވެ.

ބަޑިން ހަމަލާދޭން މަސަައްކަތް ކުރީ މީހާ ދަތުރުކުރި ޓްރެއިން ތަހުގީގު ކުރާ ފަރާތްތަކުން ބަލަނީ -- ފޮޓޯ: ބީބީސީ
އެ ހާދިސާ ހިނގި ސަރަހައްދަށް ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ވަނީ ޒިޔާރަތްކުރައްވާފައެވެ. އަދި ބަޑިން ހަމަލާދިން މީހާ ހުއްޓުވި ދެ އެމެރިކާ ޕަސެންޖަރުންނަށް މިނިސްޓަރު ވަނީ ޝުކުރު ދަންނަވާފައެވެ.
އެ ޓްރެއިންގައި 554 މީހުން ތިބިކަމަށް ބީބީސީން ބުނެއެވެ. އެ ހާދިސާ އާ ގުޅިގެން ޓްރެއިންގެ ދަތުރުތަަކަށް ބުރޫ އެރިނަމަވެސް މިހާރު ބަރާބަރަށް ޚިދުމަތްދެމުންދާ ކަަމަށް ބީބީސީން ބުންޏެވެ.