22 Aug 2015, 10:15
ނޯބަލް ސުލްހައިގެ އިނާމު ލިބުނު، ޕާކިސްތާނުގައި އަންހެންކުދިންގެ ތައުލީމަށް މަސައްކަތްކުރާ، މަލާލާ ޔޫސުފުގެ ބޮލަށް ބަޑިން ހަމަލާދިންތާ ތިން އަހަރު ނުވަނީސް ބޭއްވި ޖީސީއެސްއީ އިމްތިހާނުން އޭނާ 10 މާއްދާއަކުން އޭ ހޯދައިފި އެވެ.
އޭރު އުމުރުން 20 އަހަރު ވެސް ނުވާ މަލާލާގެ ބޮލަށް ބަޑިޖެހީ އޭނާ އަންހެން ކުދީންގެ ތައުލީމަށް މަސައްކަތް ކުރާތީ އެވެ. ނަމަވެސް އޭނާ އިނގިރޭސި ވިލާތަށް ގެންގޮސް އޮޕަރޭޝަން ކުރުމަށް ފަހު ވަނީ ރިކާވާ ވެފަ އެވެ.
މިދިޔަ އަހަރު އޭނާ އަށް ވަނީ ނޯބަލް ސުލްހައިގެ އިނާމު ލިބިފަ އެވެ. އެއީ ވެސް ތާރީހީ އިނާމެކެވެ. އުމުރުން އެންމެ ހަގު މީހަކަށް މިހާތަނަށް އެ އެވޯޑް ލިބުނީ މަލާލާ އަށެވެ. މިއަދު އޭނާގެ ބައްޕަ ފާހަގަކުރަނީ ފަހުރުވެރި ބައްޕައެއްގެ މަގާމެވެ. އެއީ ޖީސީއެސްއީގެ އިމްތިހާނުން އޭނާގެ ދަރިފުޅު 10 މާއްދާއަކުން އޭ ފާސް ހޯދުމުންނެވެ.

މަލާލާގެ ބޮލަށް ތޯލިބާނުންގެ ބަޔަކު ބަޑިޖެހީ އޭނާ ޕާކިސްތާނުގައި އަންހެން ކުދީންގެ ތައުލީމަށް ފާޅުގައި ކެމްޕޭމް ކުރާތީ އެވެ. ނަމަވެސް އެ ހަމަލާ އިން އޭނާ ބޮޑު އޮޕަރޭޝަނަކަށް ފަހު ސަލާމަތްވި އެވެ. އަދި އޭނާ އަށް ނޯބަލް ޕީސް އެވޯޑް ލިބުނީ އޭނާ އަންހެންކުދިންގެ ތައުލީމަށް ކުރާ މަސައްކަތް ފާހަގަކޮށެވެ.
އަދި ވެސް ޓީނޭޖުގެ އަހަރުތައް ގުނަމުން އަންނަ މަލާލާ މިއަދު އެ ސާބިތުކޮށްދިނީ އޭނާ އަކީ ހިތްވަރުގަދަ އިންޓަލިޖެންޓް ކުއްޖެއެއް ކަމެވެ. މަލާލާ،18،ގެ ބައްޕަ މިއަދު ޓުވީޓާގައި އެ އިއުލާން ކުރަނީ ޢޭނާގެ ދަރިފުޅާ ދޭތެރޭގައި އޭނާ ފަހުރުވެރިވާ ކަމަށެވެ. އެއީ ޖީސީއެސްއީ އިމްތިހާނުގެ ހަ މާއްދާ އަކުން އޭ ސްޓާ ހޯދުމުގެ އިތުރަށް ހަތަރު މާއްދާއަކުން އޭ ހޯދައިފައިވާތީ އެވެ.
މަލާލާގެ ބޮލަށް 2012 ވަނަ އަހަރު ބަޑި ޖެހީ ފިރިހެން ކުދީީންނެކޭ އެއްވަރަށް ޕާކިސްތާނުގައި ވެސް އަންހެން ކުދީންނަށް ކިޔެމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ކުރި ކެމްޕޭނާ ގުޅިގެންނެވެ.
ތޯލިބާނުން ދޫކޮށްލި ވަޒަން މަލާލާގެ ސިކުނޑިއަށް ނޭރީ ހަމަ ކިރިޔާ އެވެ. އެ ހަމަލާ އަށް ފަހު އޭނާ އިނގިރޭސި ވިލާލުގެ ކްއީން އެލިޒަބަތު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނެވެ. އަދި އެ އަށް ފަހު ބާމިންގްހަމްގައި ދިރިއުޅުމުގެ ޝަރަފު އޭނާ އަށް ލިބުނެ އެވެ. އަދި މިދިޔަ އަހަރު އޭނާ އަށް ވަނީ ނޯބަލް ސުލްހައިގެ އިނާމު ލިބިފަ އެވެ. އަދި އެއީ އުމުރުން އެންމެ ހަގު މީހަކަށް އެ އިނާމު ލިބުނު ކުއްޖާއަށްވި އެވެ.

މަލާލާގެ ބޮލަށް ބަޑިޖަހާފައި --
މަލާލާ މިހާރު ތައުލީމު ހާސިލު ކުރަނީ އެޑްގެބްޝަން ހައި ސްކޫލްގައެވެ. އޭނާ ގިނަ އޭ ހޯދީ ސައިންސްގެ މާއްދާތަކުންނެވެ. ބައިލޮޖީ ކެމިސްޓްރީ އަދި ފިޒިކްސް އިން ނާއި ދީނީ ތައުލީމުން އޭނާ ވަނީ އޭ ސްޓާ ހޯދައިފަ އެވެ.
މަލާލާ މަރާލަން ހަމަލާދިން މައްސަލާގައި މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ޕާކިސްތާނުގައި 10 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި މިދިޔަ އެޕްރީލު މަހު އެ މީހުންގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ. އެއިން ކޮންމެ މީހަކަށް ވެސް މަދުވެން 25 އަހަރުގެ ޖަލު ހުކުމެއް ކުރި އެވެ. މައުލޫމާތު: މައިލް އޮންލައިން