މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިސިކަލް ޑިސޭބަލް(އެމްއޭއެފްޑީ) އާއި ސިމްޑީ ގުރޫޕު ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޮޓޯ ނަގަން ދަސްކޮށްދީފިއެވެ.

ސިމްޑީގެ އެޗްއާރް އެންޑް ޑިވެލޮޕްމެންޓްގެ މެނޭޖާ އަހުމަދު އިރާޝް ވިދާޅުވީ ޖަމާލުއްދީން ސުކޫލުގައި މިއަދު ބޭއްވި ވޯކްޝޮޕެއްގައި ނުކުޅެދުންތެރިކަން ހުންނަ 25 ކުދިންނަށް ފޮޓޯނަގަން ދަސްކޮށްދީފައިވާނެ ކަމަށެވެ. އެ25 ކުދިންނަށް ފޮޓޯނަގަން ދަސްވިކަމުގެ ސެޓްފިކެޓު ދީފައިވާ ކަމަށްވެސް އިރާޝް ވިދާޅުވިއެވެ.

"އެކުދިންނަށްވެސް މަަސައްކަތެއް ދަސްވެފައި އޮތިއްޔާ ކޮންމެވެސް ވަރެއްގެ އިންކަމެއް މޭކް ކުރެވޭނެތާ،" އިރާޝް ވިދާޅުވިއެވެ.

ސިމްޑީގެ ފަރާތުން އެކުންފުނިން ރާއްޖެއެތެރެކޮށް ވިއްކާ "ކެނޯން" ބުރޭންޑްގެ ކެމެރާއެއް އެމްއޭއެފްޑީއަށް ހަދިޔާކޮށްފައި ވާ ކަމަށްވެސް އިރާޝް ވިދާޅުވިއެވެ.